English Edition
Dhivehi Edition
Emirati Finance Minister Sheikh Hamdan bin Rashid al-Maktoum speaks during the opening session of an Arab finance ministers "exceptional meeting" in Abu Dhabi on September 7, 2011. AFP PHOTO/KARIM SAHIB (Photo by KARIM SAHIB / AFP)

ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބު އަދި ޔޫއޭއީގެ މާލީ ވަޒީރު ޝައިޚު ޙަމްދާން ބިން ރާޝިދު އަލްމަކުތޫމް އަވަހާރަވެއްޖެއެވެ.

ޝައިޚު ޙަމްދާން ބިން ރާޝިދު އަލްމަޚްތޫމަކީ ދުބާއީގެ ވެރިޔާ ޝައިޚު މުޙައްމަދު ބިން ރާޝިދު އަލްމަކުތޫމްގެ ބޭބޭފުޅެވެ. އޭނާ އަވަހާރަވީ އާލާސްކަންފުޅާ ގިނަ ދުވަސްތަކެއްގައި އުޅުއްވުމަށްފަހު އުމުރުފުޅުން 75ގައެވެ.

ޝައިޚު ހަމްދާން އަވަހާރަވުމުން ދުބާއީގައި ހުންނަ ސަރުކާރުގެ އިދާރާތައް ތިން ދުވަހުގެ މުއްދަތަށް ބަންދުކޮށް ދިހަ ދުވަހުގެ މުއްދަތަށް ބައި ދަނޑިއަށް ދިދަ ތިރިކޮށް ހިތާމަ ފައުޅުކުރާނެކަމަށް ދުބާއީގެ ސަރުކާރުންވަނީ އިޢުލާނުކޮށްފައެވެ.

މީގެ އިތުރުން ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ޝައިޚު ޙަމްދާންގެ ޖަނާޒާގައި ބައިވެރިވާނީ ޢާއިލީ ބޭފުޅުން އެކަނިކަމަށްވެސް ދުބާއީގެ ސަރުކާރުން ވިދާޅުވެއެވެ.

ޝައިޚު ޙަމްދާން ޔޫއޭއީގެ މާލީ ވަޒީރުގެ މަޤާމަށް ޢައްޔަންކުރެއްވުނީ 1971ވަނަ އަހަރުއެވެ.