English Edition
Dhivehi Edition

ގއ. ވިލިނގިއްޔަށް ހާއްސަ ހުއްދައިގެ ދަށުން އައި މިހަކު ޕޮޒިޓިވްވުމާއި ގުޅިގެން ރޭ ނެރުނު މޮނިޓަރިން ހާލަތު އުވާލައިފިއެވެ.

ގއ. އަތޮޅު ހޮސްޕިޓަލް މޭނޭޖަރ ޝަރީފް އަހްމަދު އޭއޯ ނިއުސް އަށް މަޢުލޫމާތު ދެމުން ވިދާޅުވީ، ކޮންޓެކްޓްވި ވިލިނގިލި މީހުން ދެނެގަތުމަށް ކޮންޓެކްޓް ޓްރޭސިން ހަދައި އެންމެ ބޮޑަށް ޝައްކު ކުރެވޭ 7 ފަރާތެއްގެ ސާމްޕަލް ނަގައި ޓެސްޓް ކުރެވިފައިވާ ކަމަށެވެ. އަދި އެ ހުރިހާ ސާމްޕަލް އެއްވެސް ނެގެޓިވް ވެފައވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޑިރެކްޓަރު ގެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުއްވި ލޔުމެއްގައި ވަނީ އާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން އެ ރަށުގައި މޮނިޓަރިން ހާލަތު އިތުރަށް ދަމަހަށްޓަން ޖެހޭ ސަބަބެއް މިވަގުތު ނެތް ކަމަށެވެ.

އަދި މޮނިޓަރިން ހާލަތާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ނިމުމެއް ގެންނަ ކަމަށްވެސް ލިޔުމުގައިވެއެވެ.

ވިލިނގިލި މޮނިޓަރިންގ ހާލަތަށް ގެނެސްފައިވަނީ، ހާއްސަ ހުއްދައިގެ ދަށުން ވެމްކޯ ސާރވޭއަކަށް ވިލިނގިއްޔަށް ވަޑައިގެންނެވި ޓީމެއްގެ ތެރެއިން އެކަކު ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.