English Edition
Dhivehi Edition

ސުކޫލް ތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ފުލުހުން ބާއްވަމުންގެންދާ ހޭލުންތެރިކުރުވުމުގެ ޕްރޮގުރާމްތަކުގެ ތެރެއިން ގއ ދާންދޫ ސުކޫލްގެ ގުރޭޑް 8 އަދި 9 ގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ދާންދޫ ސުކޫލްގައި ކުރިއަށް ގެންދިޔަ މި ޕްރޮގުރާމްގައި ކުށުގެ ވެށިން ދުރުހެލިވެފައިވާ އަޚުލާޤު ރަނގަޅު ދަރިވަރުންތަކެއްގެ ގޮތުގައި މުޖުތަމަޢަށް ނުކުތުމަށް އަމަލުކުރަންޖެހޭ ގޮތާއި، ސުކޫލް މާޙައުލުގައާއި ބޭރުތެރޭގައި އުޅޭއިރު ދަރިވަރުންނަކީ އަޚުލާޤު ނަމޫނާކުދިންތަކަކަށް ވުމަށް ނަސޭހަތްތެރިވެ މަޢުލޫމާތު ދީފައިވެއެވެ.

އަދި މުޖުތަމަޢުގައި ހިގާ ނޭދެވޭ ކަންތަށްތަކާއި ބެހޭގޮތުން ކުދިންގެ އުމުރާއި ގުޅޭމަޢުލޫމާތު ހިއްސާކޮށް އެފަދަ ކަންތަށްތަކުން ދުރުހެލިވެ ތިބުމަށް އިލްތިމާސް ކޮށްފައިވެއެވެ

މީގެ އިތުރުން މައިންބަފައިންނާއި ބޮޑެތި މީހުންނަށް އަދަބު އިޙުތިރާމް އަދާކުރުމުގެ ރީތި އާދަ ހަރުލެއްވުމަށާއި މައިންބަފައިންނަށް އަދާކުރަންޖެހޭ ހައްޤުތަކާއި ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

ސުކޫލްތަކުގެ ދަރިވަރުންނާއި އާއްމު ފަރުދުން ހޭލުންތެރިކުރުމަށް ގެންދާ ޕްރޮގުރާމްތަށް ގއ ގެ އެހެނިހެން ރަށް ރަށުގައިވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ގއ ނިލަންދޫ އާއި ގއ ގެމަނަފުށީގައިވެސް ވަނީ މިފަދަ ޕްރޮގުރާމެއް ކުރިއަށް ގެންގޮސްފައެވެ.