English Edition
Dhivehi Edition

ބެންކްއޮފްމޯލްޑިވްސް ގއ ވިލިނގިލީ ބްރާންޗްގެ ފަރާތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ގއ އަތޮޅު ތަޢުލީމީ މަރުކަޒުގެ މުވައްޒަފުންނަށް ބާއްވައިފިއެވެ.

މަޢުލޫމާތު ދިނުމުގެ މި ސެޝަން ކުރިއަށް ގެންދިޔައީ ބެންކް އޮފް މޯލްޑިވްސް ގއ ވިލިނގިލީ ބުރާންޗްގެ މެނޭޖަރ މުޙައްމަދު އިސްމާއީލް އަދި ރިލޭޝަންޝިޕް އެގްޒެކްޓިވް އާމިނަތު ޝިޒުމާ ރާޝިދެވެ.

Advt

Advertisement

މިއީ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ބޭންކިންގެ ޚިދުމަތާއި ބެހޭގޮތުން އިތުރަށް ހޭލުންތެރިކުރުވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ކުރިއަށް ގެންދާ ޕްރޮގުރާމްތަކުގެ ތެރެއިން ގއ.ވިލިނގިލީ ބުރާންޗްގެ ފަރާތުން އެއަތޮޅު ތަޢުލީމީ މަރުކަޒުގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ގެންދިޔަ ޕްރޮގުރާމެކެވެ.

އިންޓަނެޓް ބޭންކިން ގެ ޚިދުމަތާއި ،ލުއި އެކްސްޕްރެސް، ލުއި މައިކްރޯ، ވެހިކަލް ލޯންސް، ހޯމް ކޮންސްޓްރަކްޝަން ލޯން، އަދި ބީއެމްއެލް ލުއި އެކްސްޕްރެސް އަށް އެންމެ ފަހުން އައި ބަދަލުތަކާއި ބެހޭގޮތުންނާއި، އިންޓަނެޓް މެދުވެރިކޮށް ލޯންތަކަށް އެދޭގޮތާއި ކޭޝްކާޑުގެ މުއްދަތު ހަމަވެއްޖެނަމަ އޮންލައިންކޮށް އެޚިދުމަތް ހޯދޭނެ ފަސޭހަ ގޮތްތަކާއި ބެހޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

މިގޮތުން، އިންޓަނެޓްމެދުވެރިކޮށް ކުރާ ވިޔާފާރި ތަކުގައި އެއްމެ ބޮޑަށް ދިމާވާ މައްސަލަތަކާއި، އޮންލައިން ޓްރާންސްފާ، އަދި ކޭޝްކާޑު ބޭނުންކުރާނެ ރައްކާތެރި ގޮތްތަކާއި ބެހޭގޮތުންވެސް މަޢުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން ސައްޙަ ނޫން ގޮތް ގޮތަށް މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ބޭންކުގެ ނަމުގައި އޮޅުވާލައިގެން ކުރާ ކޯލްތަކާއި ބެޙޭ ގޮތުންވެސް މަޢުލޫމާތު ހިއްސާ ކޮށްފައިވެއެވެ.

ބޭންކް އޮފް މޯލްޑިވްސް ގއ.ވިލިނގިލީ ބުރާންޗަކީ އަތޮޅުގެ ގިނަ ރައްޔިތުން ޚިދުމަތް ލިބިގަންނަން އަންނަ ތަނެއްކަން ފާހަގަ ކޮށްލެވެއެވެ.