English Edition
Dhivehi Edition

ރޭ އަލިމަސްކާނިވާ ސަރަހައްދުގައި ހުރި ބަސް ޓާމިނަލް ކުރިމަތީގައި މީހެއްގެ ދެފައިބަނދެ، ހިންގި ހާދިސާ އާއި ގުޅިގެން ފުލުހުންނަށް ގިނަ ފާޑުކިޔުންތަކެއް ކުރިމަތިވުމާއި ގުޅިގެން އެ ހާދިސާގެ ތަފްސީލް ފުލުހުން ހާމަކޮށްފިއެވެ.

ރޭ މީސް މީޑިއާގައި އާންމުވެގެން ދިޔަ ވީޑިއޯ އިން ފެންނަނީ މީހެއްގެ ފައިބަނދެ އެ މީހާ މައިތިރި ކުރުމަށް ބަޔަކު މަސައްކަތްކުރަމުން ދިޔަ މަންޒަރެވެ. އެމީހާ މައިތިރިކުރަން މަސައްކަތްކުރި މީހުންނާއި، އެމީހާއަށްވެސް މި ހާދިސާގައި ކުދިކުދި އަނިޔާތައް ލިބުނު އިރު އެ ވަގުތު އެ ތަނުގައި ތިން ފުލުހުންވެސް ހަރަކާތްތެރިވަމުން ދިޔަ މަންޒަރު ފެނުނެވެ. އެހެންނަމަވެސް ފުލުހުން އެމީހުން ދުރުކޮށް ސުލްހަކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާއިރު މިކަމާއި ގުޅިގެން ފުލުހުންނަށް ވަނީ ގިނަ ފާޑު ކިޔުންތަކެއް ކުރިމަތިވެފައެވެ.

ރޭގޭ ހާދިސާގެ ތަފްސީލް ދެއްވަމުން ފުލުހުން ބުނީ އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ އާއިލާއަކުން ހޯދަމުންދިޔަ ނުކުޅެދުންތެރިކަން ހުންނަ މީހެއްގެ ފަރުވާއަށް ހޮސްޕިޓަލަށް ގެންދަން މަަސައްކަތް ކުރުމުން އެކަމާ ދެކޮޅު ހަދާ ގަދަ ދެއްކުމުން އޭނާ ހޮސްޕިޓަލަށް ގެންދިއުމަށް އާއިލާއިން މަސައްކަތް ކުރި މަންޒަރު ކަމަަށެވެ.

މި މައްސަލައާއި ގުޅިގެން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ޕްރޮފެޝަނަލް ސްޓޭންޑާސް ކޮމާންޑަށް، މި ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ތިބި ފުލުހުން އަމަލުކޮށްފައިވަނީ އޮންނަ އުސޫލުތަކުގެ ތެރެއިންތޯ އާއި ފުލުހުންގެ ދައުރު އަދާކޮށްފައިވާ ގޮތް ބަލަން އަންގާފައެވެ.

 

ޓެގު

3 ކޮމެންޓް
އާތިފް
އޭޕްރީލް 7, 2021
އައްސްލު ވަރަށް ދެރަ ކަންކަން މިފެންނަނީ. ފުލުހުންނަކަށް ނުފެނޭ ނިކަމެތި މީހާ އެއް! އެކަމަކު މިމީހުން މިތިބެނީ ރައްޔިތުންގެ ރައްކާތެރި ކަމަށޯ! މިހެން ބުންޏަސް ރަނގަޅު ފުލުހުން ވެސް އުޅޭ.
Mohammed
އޭޕްރީލް 7, 2021
Police myhunah fenany hama ekani nikamethi myhun grup thakuga ulhey myhun boegen ulhunas alha eh nulaa! Igmh ga security ah hunna office ehba hunavaa eh fai mahcha salhi baasaaa kadan ves aslu kurevigen nuvaane kammme kanneyge mi ves
ޔޫން
މާޗް 22, 2021
ތިމީހުން ރާއްޖއތެރޭއަންހެނަކު އަތިރިމަތީގާޢި ތިބިއްޔާ ބެހޭނެ