English Edition
Dhivehi Edition
"ކޯވިޑް-19 ދިފާޢު" ކެމްޕޭން ރަސްމީގޮތުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ކޮވިޑް-19 އިން ދިފާޢުވުމަށް ޗައިނާގެ ބީޖިންގް ބަޔޯ-އިންސްޓިޓިއުޓް އޮފް ބަޔޮލޮޖިކަލް ޕްރޮޑަކްސް އިން އުފައްދާފައިވާ ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒް މާދަމާ މާލޭގައި ދޭން ފަށާނެކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން ވިދާޅުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މާލެ ސަރަހައްދުގައި ދިރިއުޅޭ ޢުމުރުން 18 އަހަރުން މަތީގެ މީހުންނަށް ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން މާދަމާ ފަށާނެކަމަށާއި، ހަ ތަނެއްގައި ވެކްސިން ދިނުން ކުރިއަށް ދާނެކަމަށެވެ.

އެގޮތުން ވެކްސިން ދިނުން ކުރިއަށްދާނީ މާދަމާ ހެނދުނު 10 އިން ހަވީރު 16:00 ހަމައަށް ކަމަށާއި ވެކްސިން ޖަހައިދޭ މަރުކަޒުތަކުގެ ތެރޭގައި، އިސްލާމީ މަރުކަޒާއި، ހުޅުމާލެ ވެކްސިން ސެންޓަރާއި، ވިލިމާލެ ޒުވާނުންގެ މަރުކަޒާއި،ސޯޝަލް ސެންޓަރާއި ރައްޔިތުންގެ މަޖިލިސްގެ އިތުރުން ޓްރީޓޮޕް ހޮސްޕިޓަލް ހިމެނޭ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

މީގެ އިތުރުން ރާއްޖޭގައި ފުރަތަމަ ޖަހަމުން ގޮސްފައިވަނީ އިންޑިއާ އިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިނެވެ.

ސިނޮފާމް ވެކްސިނަކީ ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހާ ދެވަނަ ވެކްސިނެވެ. މިވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު ދެވަނަ ޑޯޒް ޖެހޭނީ، ފުރަތަމަ ޑޯޒް ޖަހާތާ 3 ނުވަތަ 4 ހަފްތާ ފަހުން ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.