English Edition
Dhivehi Edition

އައްޑޫ ސިޓީ މަރަދޫ އަވަށު ކުޑަކުދިންގެ ޕާކްސެޓް އިންސްޓޯލްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.

އައްޑޫސިޓީ ކައުންސިލް އިން ކޮށްފައިވާ އިއުލާނުގައި ވަނީ މިމަސައްކަތަށް ދައުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރެޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށްކަމަށެވެ.

އެގޮތުން މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް ގަންނަން ލިބެން ހުންނާނީ 2021 މާރިޗު 22 ވާ ހޯމަ ދުވަހުން ފެށިގެން 2021 މާރިޗު 28 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ނިޔަލަށް ކަމަށާއި މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލް ކުރެވޭނެކަމަށް އިއުލާނުގައި ވެއެވެ.
ބީލަމުގައި ބައިވެރިވުމަށް -/300 ( ތިންސަތޭކަ ) ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތައް [email protected] އަށް ރިކްއެސްޓްކޮށް ފައިސާ ޑިޕޮޒިޓްކުރުމަށްފަހު، ފައިސާ ޖަމާކުރިކަމުގެ ސްލިޕް މެއިލްކޮށް ދެއްވުމަށް ކައުންސިލުން ވަނީ އެދިފައިއެވެ.

ބީލަންތައް ބައްލަވައިގަންނަވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ސެޝަން އޮންނާނީ 29 މާރިޗު 2021 ވާ ހޯމަ ދުވަހުގެ 11:00 ގައި ކައުންސިލްގެ ޕްރޮޖެކްޓްސް މީޓީންގ ރޫމްގައެވެ.
މީގެ އިތުރުން ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2021 އެޕްރީލް 01 ވާ ބުރާސްފަތި ދުވަހުގެ13:00ގައި ކައުންސިލްގެ އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެކަމަށާއި ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައި ކަމަށް އިއުލާނުގައި ވެއެވެ.އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެކަމަށާއި އިތުރު މަޢުލޫމާތު [email protected] މެދުވެރިކޮށް ލިބިވަޑާއިގަންނަވާނެކަމަށް އިއުލާނުގައި ވެއެވެ.

 

1 ކޮމެންޓް
މޭޔަރު
މާޗް 22, 2021
ތަންތަން ހަދަލީމެއި ނިމެނެި ދީ؟ ދެން އެތަން ބެލެހެއްޓުމަށް، މަރާމާތުކެރުމަށް ނިއޮންނެއިއާ؟ އައްޑޫއެ ހުށިހެއި ކަމަކަސް ހިނގާ އުސޫލަކީ މީ. ފަހަރަކި ވެފޭހެއް އައްޑޫމީހުން ބޭނުމީ ވާޗުއަލް ފިއުޗަރ ސިޓީއަށް ކަމަށަސް. އެންމެން ލޮލެ ވާޗުއަލް ރިއަލިޓީ އައިނަށް ޕާމަންންޓުކޮށް އެޑުމުގެ ޕްރޮގްރާމަށް ކުރިޔަށް ގިނޭއްވީނުން ދީ! އެކަލަކި ލައްކަފަސޭހަވޭހެއް ކޭބަލް ކާރާއި ފްލައިން ކާރާއި ފްލައިން ރޭލުގެ ހުވަފެން ދައްކަލާއް. އެހެން ނުނަސް ހިތަދޫއިން މަރަދޫއަށް މިކަލަސް ގިޔެއި ބްރިޖް ނިއެޑިޔަސް. ތެ ބްރިޖަކުން ކެރާނެ އިގްތިސާދީ ފައިދާއަށް ނެތް.