English Edition
Dhivehi Edition
އައްޑޫ ސިޓީ ހުޅުމީދޫ - ފޮޓޯ: ހައްވާ އަމާނީ އަބްދުﷲ (ދި އެޑިޝަން)

އައްޑޫ ސިޓީން ކޮވިޑް-19 ޖެހުނު އެންމެން ރަނގަޅުވެފައިވާކަމަށް އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނެފިއެވެ،

އައްޑޫ އިން ފުރަތަމަ ކޮވިޑު ކޭސްތަކެއް ފެނުނީ މިދިޔަ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހު ހުޅުމީދޫ އެމްޓީސީސީ ސައިޓުންނެވެ. އެތަނުގައި މަސައްކަތް ކުރަން ގެނައި ބިދޭސީން ތަކެއް ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ހުޅުމީދޫ މޮނިޓަރިންގެ ހާލަތަށް ގެންގޮސްފައިވާއިރު އެ އަވަށުން ނެގި ރެންޑަމް ސާމްޕަލްތަކެއްވެސް ވަނީ ޕޮޒިޓިވްވެފައެވެ.

އޭގެ ފަހުން ފެބްރުއަރީ 4 ވަނަ ދުވަހު އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ފުލޫ ކުލިނިކަށް ދެއްކި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން މުޅި އައްޑޫ ސިޓީ ވަނީ ލޮކްޑައުން ކޮށްފައިވާއިރު އެ ސިޓީ އިން ޖުމްލަ 92 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

އައްޑޫ އިން ބައްޔަށް ޕޮޒިޓިވްވި އެންމެން ބަލިން ރަނގަޅުވެ އެ ސިޓީ އިން ކޮވިޑް ކޭހެއް ނުފެންނަތާ ގިނަ ދުވަސްވެފައިވާއިރު ސިޓީ ކައުންސިލުންވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާޒްކޮށްފައެވެ