English Edition
Dhivehi Edition

އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކަޑަމީ ސޭންޑްހަރސްޓްގެ ކޯހެއްގައި ބައިވެރިވި ދިވެހި އަންހެން ކެޑޭޓް ފިރުޝާނާ ތައުފީގު ބެސްޓު އިންޓާނޭޝަނަލް ދަރިވަރަކަށް ހޮވިއްޖެ އެވެ.

އެމްއެންޑީއެފް އިން ކުރައްވާފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މިއީ އެ އެކެޑަމީގެ ތަމްރީނެއްގައި ދިވެހި އަންހެނަކު ބައިވެރިވި ފުރަތަމަ ފަހަރު ކަމަށެވެ.

މީގެ އިތުރުން މި ކޯހުން އެއްވަނަ ހޯދި ފިރުޝާނާ އަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދިވެހި ރައްޔިތުންގެ ނަމުގައި ތަހުނިޔާ ކިޔާފައެވެ.

ފިރުޝާނާ ހޯދި ކާމިޔާބީއަށް ގިނަބަޔަކު މަރުހަބާ ކިޔަމުންދާއިރު ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ބްރިޓިޝް ހައި ކޮމިޝަނަރ ކެރަން ރޮސްލާ ވެސް ވަނީ ފިރުޝާނާ އަށް މަރުހަބާ ކިޔާފައެވެ.