English Edition
Dhivehi Edition
ކޮވިޑް19 ޖެހިފައިވާ ބަލިމީހަކަށް ފަރުވާ ދެނީ

ކޮވިޑް-19އަށް ފަރުވާދެމުންދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.
މިއަދު ނިޔާވެފައިވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ދަތުމަވަންތަ ހޮސްޕިޓަލްގެ 11ވަނަ ފަންގިފިލާގައި ފަރުދެމުން ދިޔަ ޢުމުރުން 79 އަހަރުގެ އަންހެނެކެވެ. މި މީހާ ނިޔާވީ މިރޭގެ އިރާކޮޅުގެ ވަގުތެއްގައެވެ.

މިމީހާއާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް 19 ގައި ނިޔާވި މީހުންގެ ޢަދަދު މިވަނީ 65 އަށް އަރާފައެވެ. މީގެތެރޭން 57މީހުންނަކީ ދިވެހީންނެވެ.

ކޮވިޑް- 19 ބަލީގައި އެޑްމިޓްކޮށްގެން މިހާރުވެސް 121 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ މިބަލީގައި މިއަދުވެސް 151 މީހުން މާލެ ސަރަޙައްދުން ޕޮޒިޓިވްވެފައިވާއިރު، މީހުން ދިރިއުޅޭ ރަށްތަކުން 14 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި ރިސޯޓުތަކުން 20 މީހުން ޕޮޒިޓިވްވެ،ސަފާރީއަކުންވެސް އެކަކު ވަނީ ޕޮޒިޓިވްވެފައެވެ