English Edition
Dhivehi Edition

ގދ. ތިނަދޫގަައި ހޯމް ކަރަންޓީނުގައި ތިބި ދެމީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

އޭ.އޯ ނިއުސްއަށް މައުލޫމާތު ލިބުނުގޮތުގައި ކަރަންޓީނު ހަމަކުރުމަށްފަހު ސާމްޕަލް ނެގިއިރު މިދެމީހުންވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގެ އިތުރުން ދެކުނުގެ ރަށްތަކުގައިވެސް ކޮވިޑް-19 މިދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. މިއަދު ރޮބިންސަން ރިސޯޓުން ތިން ދިވެހިން ކޮވިޑަށް ފައްސިވެފައިވާއިރު އެމީހުން ތިނަދޫއަށް ދަތުރު ކޮށްފައިވާތީ، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުންދަނީ ކުރަމުންނެވެ.