English Edition
Dhivehi Edition

ގއ. ވިލިނގިލި މަގު ތަކުގައި ބައްތި ޖެހުމަށް ބޭނުންވާ 300 ސްޓްރީޓް ލައިޓް އަދި 95 ލައިޓް ޕޯސްޓް ހޯދުމަށް އިޢުލާން ކޮށްފިއެވެ

ވިލިނގިލި ކައުންސިލާއި، މި ކައުންސިލް ގުޅިގެން ހިންގަން ހަމޖެހިފައިވާ ގއ. ވިލިނގިލި މަގުތަކުގައި މަގު ބައްތި ޖެހުމުގެ ޕުރޮޖެކްޓަށް ބޭނުންވާ 300 ސްޓްރީޓް ލައިޓާއި 95 ލައިޓް ޕޯސްޓް (ބައްތި ދަނޑި) ހޯދަން ދިވެހި ސަރުކާރުގެ ގަޒެޓްގެ އިޢުލާން ނަންބަރު (241-B/241/2021/4(IUL ބޭނުންވާތީ މި ތަކެތި ވިއްކަން ޝަޢުގުވެރިވާ ފަރާތްތަކަށް ބިޑް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މި އިޢުލާނުގައިވާ ގޮތުން، ބިޑް ހުޝައެޅުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް 21 މާރޗް 2021 އިން ފެށިގެން 24 މާރޗް 2021 ގެ ނިޔަލަށް އތޮޅު ކައުންސިލް އިދާރާގައި ރަޖިސްޓްރީ ކުރެއްވުން ކުރިއަށް ދާނެވެ. މި މަސައްކަތަށް ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް މަސައްކަތާއި ބެހޭ މައުލޫމާތު ދެވޭނީ އީމެއިލް މެދުވެރިކޮށް ކަމަށާއި މި މަސއްކަތަށް އަންދާސީ ހިސާބު ހުށަހަޅަންވާނީ ކުންފުނިތަކާއި، އަދި އަމިއްލަ ފަރުދުންގެ ވިޔަފާރި ގޮތުގައި މިނިސްޓްރީ އޮފް އިކްނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ކަމަށްވެސް މި އިޢުލާނުގައި ވެއެވެ.

މި މަސައްކަތަށް މަޢުލޫމާތު ދެވޭ ފަރާތްތަކަށް ބާއްވާ ޕްރީބިޑް މީޓިންގ އާއި ބިޑް ހުށައެޅަންޖެހޭ ތާރީޙް ތިރީގައ ބަޔާންކުރެވިފައިވެއެވެ.

ތަފްސީލް ތާރީޙް ވަގުތު ތަނުގެ ނަން
ޕްރީބިޑް މީޓިންގ 28 މާރޗް 2021 00؛13 ގއ. އަތޮޅު ކައުންސިލް އިދާރާ
ބިޑް ހުށަހެޅުމަށް 01 އެޕްރީލް 2021 00؛13 ގއ. އަތޮޅު ކައުންސިލް އިދާރާ

އަދި މީގެ އިތުރަށް މި މަސައްކަތަށް ހުށަހެޅޭ އަދާސީ ހިސާބްތައް އިވެލުއޭޓްކޮށް މާރކްސް ދިނުމަށް ހަމަޖެހިފައިވާ ގޮތްވެސް މި އިޢުލާން ބަޔާންކޮށްދީފައިވެއެވެ.

މީގެ ކުރިންވެސް ގއ. ވިލިނގިލި ހައުސިން ޔުނިޓް ސަރަހައްދުގައި މަގު ބައްތި ޖަހއި ދިއްލައިފައިވެއެވެ. މި ޕުރޮޖެކްޓަކީވެސް ބިޑް އުސޫލުން އެންމެ ކުޑަ އަގަކަށް އާރުއެސް ބިޒިނަސް އާ ހަވާލްކޮށް ފުރިހަމަ ކޮށްފައިވާ ޕުރޮޖެކްޓެކެވެ. މިއީ 230000 ރެފިޔާގެ ޕްރޮޖެކްޓެއްކަން ފާހަގަ ކޮށްލެވެއެވެ.