English Edition
Dhivehi Edition

ގއ ވިލިނގިލީގައި ފެނުގެ ނިޒާމް ޤާއިމް ކޮށް ނިންމާ އޮޕަރޭޓަރާއި ހަވާލުކޮށްފިއެވެ.

އެކަށީގެންވާ ބޯފެނުގެ ނިޒާމްގެ ޚިދުމަތް އެންމެހައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ގއ ވިލިނގިލީގައި ބޯފެނުގެ ނިޒާމް ޤާއިމް ކުރުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ޖޮއިންޓް ވެންޗަރ އެންޖެލިކް އިންޓަރނޭޝަނަލް ލިމިޓެޑް އެންޑްއަޔަން އެކްސްޗޭންޖް ލިމިޓެޑާއި ދެމެދު ސޮއިކުރެވުނީ 4 މެއި 2017 ވަނަ ދުވަހުއެވެ.

އޮޕެކް ފަންޑު ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް ލޯން އެހީއާއި ދިވެހި ސަރުކާރުގެ ޚަރަދުގައި ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ އަގަކީ 3،623،843.24 ( ތިންމިލިއަން ހަސަތޭކަ ތޭވީސްހާސް އަށްސަތޭކަ ސާޅީސް ތިނެއް ޕޮއިންޓް ދޭން ހަތަރެއް ) ޔޫއެސް ޑޮލަރެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ހަވާލުކޮށްގެން ، އޮފިޑު ފަންޑު ލޯނާއި ސަރުކާރުގެ ޚަރަދުގައި ހިންގި މި މަޝްރޫޢުގައި ވިލިނގިލީގައި ބޯފެނުގެ ވިއުގައެއް ޤާއިމްކުރެވި، 158.6 ޓަނުގެ އާރް. އޯ ޕްލާންޓަކާއި، 195 ޓަނުގެ 2 ސްޓޯރޭޖް ޓޭންކް ބެހެއްޓިފައިވެއެވެ.

މީގެ އިތުރުން އިންޑިޔާއެކްޒިމް ބޭންކުގެ އެހީގައި ގއ ގެ 3 ރަށެއްގައި ވަނީ ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމް ކުރުމުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. އެ ރަށް ތަކަކީ ގއ ދާންދޫ، ގއ ގެމަނަފުށި، އަދި ގއ މާމެންދޫއެވެ.