English Edition
Dhivehi Edition

އައްޑޫއިން ކޮވިޑް ޖެހުނު އެންމެ މީހަކު ފިޔަވައި އެންމެން ރަނގަޅުވެއްޖެއެވެ،

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނީ އައްޑޫން ކޮވިޑު ޖެހުނު މީހުންގެ ތެރެއިން މިވަގުތު ބަލި ފަސޭހަ ނުވެ ހުރީ އެންމެ މީހެއް ކަމަށާއި އެމީހާ ފިޔަވައި އެންމެން ބަލިން ފަސޭހަ ވެފައިވާކަމަށެވެ.

އައްޑޫ އިން މިހާތަނަށް ޖުމްލަ 92 މީހަކު ޕޮޒިޓްވެފައިވެއެވެ. އޭގެ ތެރެއިން 6 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދީފައިވާއިރު. އެއްވެސް މީހެއްގެ ހާލު ސީރިއަސް ވެފައެއްނުވެއެވެ.

އައްޑޫން ފުރަތަމަ ކޮވިޑު ކޭސްތަކެއް ފެނުނީ މިދިޔަ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހު ހުޅުމީދޫ އެމްޓީސީސީ ސައިޓުންނެވެ.

 

ޓެގު