English Edition
Dhivehi Edition

ވ. އަންބާރާ އަށް ރޭ ދިޔަ 95 މީހުންގެ ތެރެއިން އެއްވެސް މީހަކު ހައްޔަރުވެސް ނުކުރާ ކަމަށާއި، އެހެންނަމަވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިނާއި ހިލާފުވުމުން އެމީހުން ޖޫރިމަނާ ކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ފުލުހުން ބުނީ މާލެއިން އަންބާރާއަށް ދިޔަ 95 މީހުންގެ ތެރެއިން އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށާއި އަދި އެމީހުންގެ ތެރެއިން އެއްވެސް މީހެއްގެ މައްޗަށް މަސްތުވާތަކެތި ބޭނުން ކުރިކަމުގެ ތުހުމަތުވެސް ކުރެވިފައި ނުވާކަމަށެވެ. އެމީހުން ޖޫރިމަނާ ކުރީ އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް ނަގަން ޖެހޭ ހުއްދަތައް ނެގުމެއް ނެތި އެރަށަށް ދިޔުމުންކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަންބާރާއަށް ދިޔަ އުޅަނދުގައި ހުއްދަ ދީފައިވާ މިންވަރަށް ވުރެ އިތުރަށް މީހުން އުފުލާފައިވާތީ އެކަން ފާހަގަކޮށް ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގެއް ފުލުހުން މިހާރު ފަށާފައިވާކަމަށެވެ. އަދި އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް ތަހުގީގަށް ފަހު އަޅާނެކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.