English Edition
Dhivehi Edition

ކުށްމަދު އަމާން މާޙައުލެއް ޤާއިމްކޮށް ވިޔަފާރިވެރިން އިތުރަށް ހޭލުންތެރި ކުރުވުމަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ގއ. ގެމަނަފުށީ ޕޮލިސްސްޓޭޝަނުން އެ ރަށުގައި ކުރިޔަށް ގެންގޮސްފިއެވެ.

މިއީ ރަށްރަށުގައި އަމާން މާހައުލެއް ޤާއިމްކޮށް ވިޔަފާރިވެރިން އިތުރަށް ހޭލުންތެރި ކުރުވުމާއި ރަށްރަށުގައި އަމާންކަން ގާއިމުކޮށް ރަށުގައި ދިރިއުޅޭ ވިޔާފާރިވެރިންނަށް މަޢުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގއ.ގެމަނަފުށީގެ ވިޔަފާރިވެރިންނަށް މަޢުލޫމާތު ދިނުމަށްޓަކައި އެރަށު ޕޮލިސްސްޓޭޝަނުން ކުރިޔަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި މާރޗް މަހުގެ 10 ވަނަ ދުވަހު ކުރިޔަށް ގެންދިޔަ އެޕްރޮގްރާމުގައި ، މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އެކި ނަންނަމުގައި ކުރިޔަށް ގެންދާ ފޯނު ކޯލުތަކުން ސަލާމަތްވެ ރައްކާތެރިވުމަށާއި، އަދި ވިޔަފާރި ކުރުމަށްފަހު އޮންލައިންކޮށް ފައިސާ ދެއްކި ކަމުގެ ސައްޙަ ނޫން ސްލިޕް ފޮނުވާ މަސައްލަތައްވެސް ހިނގަމުންދާތީ ފައިސާ ލިބުނުތޯ ޔަގީން ކުރުމަށްފަހު ނޫނީ މުދާ ދޫނުކުރުމަށާއި އަދި އެފަދަ ކަންކަމުން ރައްކާތެރި ވުމަށް މަޢުލޫމާތު ދީފައިވެއެވެ.

އަދި ސީސީޓީވީ ކެމެރާ ހަރުނުކޮށް ހުރި ފިހާރަ ތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރުމުގެ ގޮތުން ކެމެރާ ހަރުކުރުމަށް އިރުޝާދު ދީފައިވެއެވެ. އަދި ފިހާރަ ބަންދު ކޮށްފައިދާ އިރު ފިހާރައިގައި ފައިސާ ނުބެހެއްޓުމަށާއި ފިހާރައިގައި އަލިކަން ބެހެއްޓުމާއި، ރަނގަޚަށް ތަޅު ލެވުނުތޯ ޔަގީން ކުރުމަށް މަޢުލޫމާތު ދީފައި ވެއެވެ. އަދި ވައްކަމެއް ހިނގައިފިނަމަ އަމަލު ކުރަންވީ ގޮތުގެ މަޢުލޫމާތު ހިއްސާކޮށް އެކަން ފުލުހުންނަން ރިޕޯޓްކުރުމަށް މަޢުލޫމާތު ދީފައި ވެއެވެ.

އޭގެ އިތުރުން ކުޑަކުދިންނަން ސިނގިރެޓް ނުވިއްކުމަށާއި، ކުށެއް ހިންގަފާނެ ކަމަށް ބެލެވޭ ކަމެއް ފާހަގަ ކުރެވިއްޖެނަމަ ލަސްނުކޮށް އެކަމެއް ފުލުހުންނަށް ރިޕޯޓް ކުރުމަށް އިރުޝާދުދީފައިވެއެވެ. އަދި ވައްކަމެއް ހިނގައިފިނަމަ އަމަލު ކުރަންވީ ގޮތުގެ މަޢުލޫމާތު ހިއްސާކޮށް އެކަން ފުލުހުންނަން ރިޕޯޓް ކުރުމަށް މަޢުލޫމާތު ދީފައި ވެއެވެ.

ރަށްރަށުގައި އަމާންކަން ގާއިމުކޮށް ވިޔަފާރިވެރިން ހޭލުންތެރި ކުރުމަށް މަޢުލޫމާތު ދިނުމުގެ މިފަދަ ސިލްސިލާ ޕްރޮގްރާމްތައް އަތޮޅުތެރޭގައި ދަނީ ހިންގަމުންނެވެ.

1 ކޮމެންޓް
ހަސޭ
މާޗް 12, 2021
ވިޔަފާރިވެރިން ހޭލުންތެރި ނުވެގެން ދޯ ރަށްރަށް އަމާނު ނުވެގެން މިއުޅެނީ. ކަލޭމެން ނަކަށް ވައްކަން ކުރާމީހުން ހައްޔަރެއް ނުކުރެވޭ. ކެމެރާއިން ފެންނަ އެއްޗަކަށް ބަލާފަ ވައްކަން ކުރާ މީހާ ހައްޔަރެއް ނުކުރެވޭ. ދެން ކީއްކުރާ ކެމެރާއެއް. އަސްލު މައްސަލ އޮތްތާގަ ބާއްވާފަ ވިޔަފާރި ކުރާ މިހުން ފަހަތުން ދުވާނެ ކަމެއްނެތް. ކަލޭމެންގެ ވާޖިބަކީ ރައްޔިތުންނަށް ރައްކާތެރި މާހައުލެއް އުފެއްދުން ކަމުގައި ވާނަމަ ޕޮލިހުންގެ އިސް މީހުންނާއި ޑީލަރުންނާއި އޮންނަ ގުލުން އޮވެގެން ކިހިނެއް ވައްކަން ކުރާ މިހާ ހައްޔަރުކުރާނީ. ޕޮލިހުންނާ އެއްމެ ބޮޑު ވަގު މީހާއާއި ދެމިހުން ކޮފީ ބޮނީ އެއްމޭޒަކުން. ޑީލް ހަދަނީ އެއް މޭޒަކުން. ރައްޔިތުން އޮޅުވާލަން ނަހަދާ. މަންޒަރު ބަލަން މިތިބީ ވަރަށް ކާރިން.