English Edition
Dhivehi Edition
ފޮޓޯ: އީމާން

އައްޑޫ ސިޓީ ހުޅުދޫ މީދޫގައި ކޮވިޑް19 އާއި ގުޅިގެން މިދިޔަ މަހުގެ 03 ވަނަ ދުވަހުން ފެށިގެން އަޅާފައިވާ ފިޔަވަޅުތަކުގެ މުއްދަތު ރޭ 12 އަށް ހަމަވެފައިއިރު، އެ ފިޔަވަޅުތަކުގެ މުއްދަތު އަދި އިތުރުކޮށްފައެއް ނުވެއެވެ.

އައްޑޫ ސިޓީ ހުޅުދޫ މީދޫގައި އަޅާފައިވާ ފިޔަވަޅުތަކުގެ މުއްދަތު އިތުރުކޮށްފައިނުވާއިރު މި ދެ އަވަށުގައި އިއުލާންކޮށްފައި އޮތް ކާފިއު އާއި އެހެނިހެން ފިޔަވަޅުތައް އުވާލަން ނިންމިކަމެއް އަދި މިކަމާއި މެދު އަމަލުކުރާނެ އިތުރުގޮތެއްވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ( އެޗްޕީއޭ) އިން އަންގާފައެއް ނުވެއެވެ. ހުޅުދޫ މީދޫގައި އަޅާފައިވާ ފިޔަވަޅުތަކުގެ މުއްދަތު އިތުރު ކުރިކަން ކަމާއި ބެހޭ އެއްވެސް އިދާރާއަކުން ކަށަވަރުކޮށްދީފައިނުވާއިރު މިކަމާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އައްޑޫ ސީޓީ މޭޔަރަށް ‘އޭއޯ ނިއުސް’ އިން ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ މި ކަމާއި ގުޅޭ އިތުރު މައުލޫމާތު ސާފުވާ ގޮތް ވަނީ ނުވެފައެވެ.

ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ހުޅުމީދޫ ފިޔަވައި، އައްޑޫގެ އެހެން އަވަށްތަކުގައި ކޮވިޑް-19 އާއި ގުޅިގެން އިއުލާންކޮށްފައި އޮތް ކާފިއު އާއި އެހެނިހެން ފިޔަވަޅުތައް ވަނީ އުވާލާފައެވެ. ހުޅުމީދޫ ފިޔަވައި އައްޑޫގެ އެހެން އަވަށްތަކުގައި އަޅާފައިވާ ފިޔަވަޅުތައް އުވައިލަން ނިންމެވީ ރެންޑަމްކޮށް ނެގުނު ސާމްޕަލްތަކުގެ ނަތީޖާތަކަށް ބެލުމަށްފަހުގައެވެ،

ހުޅުމީދޫގައި ކާފިއު އިއުލާންކުރުމާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި

  • ރޭގަނޑު 8:00 އިން ފަތިހު 4:30 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން
  • ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނާކުރުން
  • އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުން
  • އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުން
  • އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވުން މަނާކުރުން
  • ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދުކުރުން
  • ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓާލުން
  • ޔުނިވާސިޓީތަކާއި ކޮލެޖް، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިއަށް ގެންދިއުން ހުއްޓާލުން
  • ހޮޓާ/ކެފޭ، ރެސްޓޯރަންޓްތައް ހުޅުވައިގެން ހިދުމަތްތައް ދިނުން ހުއްޓާލުން
  • މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުން

3 ކޮމެންޓް
ހުޅުދޫ
މާޗް 11, 2021
ކެންކެރާ އެކްސްޕަޔަރ ވެފެއި މޭޔަރަށް، ނެރެފެއި އޮއް އިއުލާނާ މުއްދައް ހަމަވީމެއި، އިތިރި މުއްދައްތުޖެހުމަކީ ތަންފިޒީ އިދާރާކުން ކެރާޖެހޭ ކަންތެތި، މުއްދަތު އިތިރިވޭތޯ އަފިރިން ބަލާކަށް ލާޒިމަށް ނުން، އިތިރިލިޔުމައް ނިނެރުމަކީ ކުރިން ނެރި ލިޔުން ނިމެނެއިއްޔައު، އާދައިގެ ދިރިވޭޑުމައް އެނބެރި ރޯދާއް ތައްޔާރޮ ވެއު
Me i
މާޗް 10, 2021
Hulhumeedhoo in dhogou mauloomaathu dhineema Sobe rulhia 😏eisgen
Mee ma
މާޗް 10, 2021
Thi mayer ah adhi addu emergency operation center ah gulhaathaa mi hafthaa eh vee. Mail eh koh javaabeh nudhey.aamun thi than thanaa gulhai mauloomaatheh saafu kureveyne eh ves gotheh noavey. Vote laan veema annaane anga hulhuvamun.