English Edition
Dhivehi Edition

ހަވަރު ސްޕޯރޓްސް ޖަމުޢިއްޔާއިން އިންތިޒާމުކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ އަންހެނުންގެ ހޭންޑްބޯލް މުބާރާތުގެ ޗެމްޕިއަންކަން ހޭޔަންބޯ ހޯދައިފިއެވެ.

އެސް.ޓީ.އޯ ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓް 2021ގެ ނަމުގައި ކުރިއަށްދިޔަ މި މުބާރާތުގައި ރޭ ކުޅުނު ފައިނަލް މެޗުގައި ހޯބަހަކުން އާއި ހޭޔަންބޯ ބައްދަލުކުރި ފޯރިގަދަ މެޗު ހޭޔަންބޯ އިން ކާމިޔާބުކުރީ 9-15 ންނެވެ. މި މެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވުނީ ހޭޔަންބޯގެ ޖާޒީ ނަމްބަރު 11 ޝަހުނާ މުހައްމަދު އެވެ.

ދިހަ ޓީމާއެކު މިއަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ފެށި މި މުބާރާތުގެ ޗެމްޕިއަންކަން ހޭޔަންބޯއިން މިހޯދީ މުބާރާތުގެ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ.

އެސް.ޓީ.އޯ ހަވަރު ވުމެންސް ހޭންޑްބޯލް ޓޯނަމެންޓް 2021 އަކީ ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ އަގުބޮޑު އަންހެނުންގެ ހޭންޑްބޯޅަ މުބާރާތެވެ. އެގޮތުން މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ހަވަރު ސްޕޯޓްސްއިން 20،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 10،000 ރުފިޔާ ވަނީ ދީފައެވެ.