English Edition
Dhivehi Edition

އިންޑިއާގެ އަހްމަދްއާބާދަށް އުފަން މުސްލިމް އާއިލާ އަކަށް ނިސްބަތްވާ އައިޝާ ނަމަކަށްކިޔާ 23 އަހަރުގެ އަންހެނަކު ދެއްކި އަސަރުގަދަ ވާހަކަަތަކަށްފަހު އަމިއްލަ އަށް މަރުވުމުގެ ކުރިން އާއިލާއަށް ފޮނުވި ވީޑިއޯއެއް މިހާރުވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެފައެވެ.

އައިޝާ މަރުވެފައިވަނީ މި ހިގާ މާރިޗް މަހު އެއްވަނަ ދުވަހު އެވެ. އެ ވީޑިއޯގައި ހިނިތުންވެފައި އިނދެ ހަށިގަނޑުގައި އަޅަމުން ދިޔަވޭން ފޮރުވައިގެން އޭނާ ވާހަކަ ދައްކަމުން ދިޔައިރު އޭނަގެ އަސްލު އަނިޔާވެރި ދިރިއުޅުމުގެ އަސަރު ވީޑިއޯ ބާލާމީހުންނަށް ހާމަވެގެން ދެއެވެ.

Advt

Advertisement

ވީޑިއޯގައި އެނާ ބުނެފައިވަނީ، އޭނަ އަމިއްލަ އަށް މަރުވާން ނިންމީ އެއްވެސް މީހަކު ބުނެގެން ނޫން ކަމަށެވެ. އަދި އޭނަގެ ހަޔާތަށް ﷲދެއްވި މަދުދުވަސް ކޮޅަކީ އޭނަ ހަމަޖެހިގެން އުޅުނު ފަހު ދުވަސްތައް ކަމަށެވެ. އޭނަ ކައިވެނި ކުރީ ފިރިމީހާ ދެކެވަރަށް ލޯބިންކަމަށާއި ދެމީހުން ވެސްކައިވެނި ކޮށްގެން ދިރިއުޅުނީ ވަރަށް ލޯބިންކަމަށް ބުނެއެވެ. އަދި ފިރިމީހާގެ އާއިލާ މީހުންނާއި އޭނަގެ އާއިލާ މީހުންވެސް ވަރަށް ރަނގަޅު ކަމަށް ބުނަމުން ދެން އޭނާ ބުނެފައިވަނީ އެކަމަކު ދިރި އުޅުމުގެ ހަނގުރާމަ މިހާ ހިސާބުން ނިމުނީ ކަމަށެވެ.

“އަހަރެން ދެން ބޭނުމެއްނުވޭ މިދުނިޔޭގައި އުޅޭކަށް، ބައްޕާ ދެން ކީއްކުރަން ކޯޓަށް މައްސަލަތައް ވައްދަނީ؟ މައްސަލަ އަނބުރާ ނަގާލާ! އަހަރެން އާރިފް ދެކެ ލޯބިވޭ، އޭނަ މިނިވަންކަން ބޭނުމިއްޔާ އޭނައަށް މިނިވަންކޮށް އުޅެން ދޫކޮށްލާ! އަހަރެން ﷲ އާއި ބައްދަލުވާތީ މިހިރީ އުފަލުން.” އައިޝާ ހިނިތުންވެފައި އިނދެ ވީޑިއޯގައި ބުނެއެވެ.

އިތުރަށް އައިޝާ ބުނެފައިިވަނީ، އޭނާ އަށް ދިރިއުޅުމުގައި އެއްކަމެއް ދަސްވެފައިވާކަމަށެވެ. ލޯބި ބޭނުން ނަމަ ދެފަރާތުންވެސް އެއްވަރަކަށް ލޯބި ދޭން ޖެހޭނެކަމަށާއި އެކެއްގެ ފަރާތުން ލޯބި ލިބިގެން އަސްލު ލޯބި ނުވެވޭނެކަމަށެވެ. އަދި ބައެއް ލޯބީގެ ވާހަކަ ތަކަކީ ކައިވެންޏަސްފަހުވެސް ފުރިހަމަނުވާ ލޯބިތައް ކަމަށް އޭނައަށް މިހާރު ވިސްނި ފައިވާކަމަށެވެ. އޭނާ ކޯރަށް ފުންމާލުމުގެ ކުރިން އެންމެ ފަހު ބަހަކަށް ބުނެފައިވަނީ އޭނައަކީ މިޖެހޭ ވައި ފަދަ މީހެއްކަމަށެވެ. ބޭނުންވަނީ ވައިގެ ތެރޭގައި އުދުހެންކަމަށް ބުނެ ހަޔަތަށް އަލްވިދާ ކިޔަމުން އޭނަ ކޯރަށް ފުންމާލައި އަމިއްލަ އަށް މުރުވިއެވެ.

އައިޝާއާއި އާރިފް ކައިވެނިކޮށްފައިވަނީ 2018 ވަނަ އަހަރު ޖުލައި މަހުގައެވެ. ކައިވެންޏަށްފަހު އޭނާ ފިރިމީހާގެ ގޭގައި އުޅުމަށްފަހު ފަހުން ވަނީ މަންމަމެންގެއަށް ބަދަލުވެފައެވެ.

އައިޝާގެ ވީޑިއޯގައި ހިނިތުންވެފައި އިން ނަމަވެސް އޭނާ ދިރި އުޅެމުން ދިޔައީ ވަރަށް ހިތްދަތި ދިރިއުޅުމެކެވެ. އައިޝާއާއި އާރިފް ލޯބިން ކައިވެނި ކުރި ނަމަވެސް އޭނަގެ ފިރިމީހާ އަދި ފިރިމީހާގެ އާއިލާގެ ފަރާތުން ލިބެމުން ދިޔަ ހިތްދަތި ކަމާއި ވޭނުންފުރިފައިވާ އަނިޔާ އަށް އޭނައަށް ކެތްނުވީ އެވެ. އައިޝާގެ ފިރިމީހާގެ އާއިލާއިން އޭނައަށް ކުރަމުން ދިޔަ އަނިޔާތަކަށް އިންސާފު ހޯދުމަށް ބައްޕަވަނީ އެ އާއިލާ އާއިގެން މައްސަލަ ފުލުހަށް ހުށަހަޅާފައެވެ. ހަޔާތުގައި 2 އަހަރާއި ދުވަސްކޮޅަކަށް ލިބުނު އަނީޔަތަކުގެ މައްސަލަތައް ނުނިމެނީސް އައިޝާ އަށް ނަފްސަނީ ގޮތުން ކޮށްފައިވާ އަސަރުގެ ބޮޑުކަމުން އާއިލާ މީހުންނާ ދުރަށް ގޮސް ކޯރެއް ކައިރީ އިނދެ އަމިއްލައަށް މަރުވުވުމުގެ ކުރިން ރެކޯޑްކުރި ވީޑިއޯ ވަނީ ބައްޕައަށް އަދި ފިރިމީހާ އަށް ފޮނުވާފައެވެ.

ވީޑިއޯ ލިބުމާ އެކު ފުލުހުންނަށް ބައްފަ ގުޅިއެވެ. އެހިސާބަށް ފުުހުންނަށް ދެވުނު އިރު އައިޝާވަނީ ކޯރަށް ފުންމާލައި އަމިއްލައަށް މަރުވެފައެވެ. ފުލުހުން އައިޝާގެ ހަށިގަނޑު ކޯރުން ނެގުމަށްފަހު އާއިލާ އާއި ހަވާލުކުރިއެވެ. ފުލުހުން އައިޝާގެ މަރުގެ ތަހުގީގު ކުރުމަށް އާރިފް ހައްޔަރުކޮށް މިހާރުވަނީ މައްސަލަ ބަލަންފަށާފައެވެ.