English Edition
Dhivehi Edition

ރޭ ފަތިހު ފުވައްމުލަކުން މަހަށް ނިކުމެ އުޅުނު ޑިންގީގެ ހަބަރެއް ވެއްޖެކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެެ.

ރޭ ފަތިހު ފުވައްމުލަކުން މަހަށް ނިކުތް ޑިންގީއެއްގެ ހަބަރު ނުވެގެން، މި މައުލޫމާތު އެމްޑީއެފްއާއި ހިއްސާކޮށްފައިވަނީ، ޑިންގީގައި މަހަށް ނިކުތް މީހެއްގެ އާއިލާގެ ފަރާތުން މިއަދު ހެނދުނު 10:40 ހާއިރުއެވެ.

ޑިންގީ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ހެލިކޮޕްޓަރާއި ކޯސްޓްގާޑް ލޯންޗް ނޫރައްދީން އަދި ސީއެމްބިއުލާންސް ވެސް ބޭނުން ކުރިއިރު އެމްއެންޑީއެފް އިން ބުނީ ޑިންގީގެ ހަބަރެއް އޭގެ ވެރިފަރާތަށް ވެފައިވާ ކަމަށެވެ، އަދި ޑިންގީގައި ތިބި މީހުންނާ އޭނާ އާ ފޯނުން ގުޅިފައިވާ ކަމަށާއި އެ ޑިންގީ ފުވައްމުލަކަށް ދަތުރު ކުރަމުންދާ ކަމަށްވެސް ވެރިފަރާތާ ހަވާލާދީ އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

ފުވައްމުލަކުން މަހަށް ނިކުތް ޑިންގީއެއް ގެއްލިގެން ހޯދަނީ