English Edition
Dhivehi Edition

ކުރިއަށް ދެތިން ހަތަރު މަސް ތެރޭގައި ވެކްސިން ޕާސްޕޯޓް ދޫކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު ވިސްނުމެއްކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީމް ރޭ ވިދާޅުވީ ވެކްސިން ނުޖަހާ ނަމަ ކުރިއަށް އޮތް ތަނުގައި ދަތުރުކުރުން ފަދަ ކަންކަމުގައި އުނދަގޫތަކާއި ކުރިމަތިލާން ޖެހުން ގާތް ކަމަށެވެ.

ވެކްސިން ޖެހުމަށްފަހު ރާއްޖެއާއި ރާއްޖޭގެ ބޭރަށް ދަތުރު ކުރަންވެސް ލުއި ލިބޭނެކަން ފަހަގަކުރައްވަމުން ނަސީމް ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖަހާ މީހުންނަށް ހާއްސަކޮށް ޕާސްޕޯޓެއް ތައާރަފް ކުރަން ސަރުކާރުން ނިންމާފައިވާކަމަށެވެ. އަދި ވެކްސިން ޕާސްޕޯޓު އޮންނަ ނަމަ، ރާއްޖެއިން ބޭރަށް ދަތުރު ކުރުމާއި ރާއްޖޭގައި އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގަައި ދަތިތަކެއް ނޯންނާނެކަމަށް ނަސީމް ވިދާޅުވެފައެވެ.

ރާއްޖެއިން މިހާތަނަށް އެއްލައްކައަށްވުރެ ގިނަ މީހުންނަށް ވެކްސިން ޖަހާފައިވާއިރު ނަސީމް ވަނީ އެންމެންވެސް ވެކްސިން ޖެހުމަށް އިލްތިމާޒްކޮށްފައެވެ.