English Edition
Dhivehi Edition

ގއ. އަތޮޅު ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތްކުރާ ފުލުހުންނަށް އަމާޒުކޮށްގެން ލީޑަރޝިޕް ސިމްޕޯޒިއަމެއް ގއ ވިލިނގިލީ ޕޮލިސްޓޭޝަނުގައި ފަށައިފިއެވެ

ޕޮލިސް ލައިފް އެމް ވީ ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، މިމަހުގެ 7 ކުން 8 އަށް ގއ ވިލިނގިލީ ޕޮލިސް ސްޓޭޝަންގައި ކުރިއަށްދާ މި ސިމްޕޯޒިއަމްއަކީ ގއ. އަތޮޅުގެ ޕޮލިސް ސްޓޭޝަންތަކުން ކުރަމުންދާ މަސައްކަތްތަކަކީ ކުރިއާލައި ރޭވިގެން، ތަރުތީބުކުރެވިގެން ހިންގޭ ހަރަކާތްތަކެއްގެ ތެރެއިން ރައްޔިތުންނަށް ދިމާވެފައިވާ ކަންބޮޑުވުންތައް ހައްލުކޮށް، ފުލުހުންގެ ހިދުމަތާއި މެދު ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ގާއިމްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް، ހައްލު ހޯދުމުގެ ގޮތުން ބާއްވާ ސިމްޕޯޒިއަމްއެއްކަމަށެވެ

ގއ. އަތޮޅުގެ ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތްކުރާ ސީނިއަރ 29 ފުލުހުން ހަ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ސިމްޕޯޒިއަމްގައި ކުށްމަދު ކުރުމާއި ތަހުގީގު ދާއިރާއާއި އިދާރީކަންކަން ހަރުދަނާކުރުމާ ގުޅޭގޮތުން ހުށަހެޅުންތައް ހުށަހަޅައި، ކަންކަމާމެދު މަޝްވަރާކުރެވޭނެކަމަށާއި އަދި ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުން މަސައްކަތްތަކަށް އިތުރަށް ޝައުގުވެރިކުރުމާއި އޮޕަރޭޝަން ދާއިރާއާއި ނެއިބަރހުޑް ޕޮލިސިންގ އާ ގުޅޭގޮތުން ހުށަހެޅުންތައް ހުށަހަޅައި މަޝްވަރާކުރެވޭނެކަމަށްވެސް ބުނެފައިވެއެވެ. ..

ދާދި ފަހުން ރައިސުލް ޖުމުހޫރިޔާގެ ނާއިބު ފައިސަލް ނަސީމް ގއ ވިލިނގިއްޔަށް ކުރެއްވި ދަތުރު ފުޅުގައިވަނީ ދިވެހި ފުލުހުންގެ ؛އަޕަރ ސައުތު ޕޮލިސް؛ ގައި އަވައްޓެރި ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.