English Edition
Dhivehi Edition

މި މަހުގެ ދެވަނަދުވަހު އައްޑޫސިޓީ މީދޫއިން ނަގާފައިވާ 282 ރެންޑަމް ސާމްޕަލްގެ ނަތީޖާ ނެގެޓިވް ކަމަށް ހުޅުމީދޫ ސިއްހީ މަރުކަޒުގެ މެނޭޖަރ އިބްރާހީމް ދީދީ ވިދާޅުވެއްޖެއެވެ.

‘އޭއޯ ނިއުސް’އަށް މައުލޫމާތު ދެއްވަމުން އިބްރާހީމްދީދީ ވިދާޅުވީ، ރެންޑަމް ސާޕްޕަލްތައް ނެގެޓިވް ވެފައި ވީނަމަވެސް އަދި އެއްފަހަރު ސާމްޕަލްނަގަން ވިސްނާފައިވާ ކަމަށާއި އަދި ސާމްޕަލް ނަގާނެ ވަކިދުވަހެއް ކަނޑަ ނާޅާކަމަށެވެ. ކާފިއު އުވާލަނީ ކޮންދުވަހަކު ތޯ “އޭއޯނިއުސް” އިން ކުރި ސުވާލަށް ޖަވާބުދެއްވަމުން އިބްރާހީމް ދީދީ ވިދާޅުވީ، ކަމާބެހޭފަރާތުން އަދި ވަކިގޮތެއް ނުނިންމަވާ ކަމަށެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ސޯބެ ވިދާޅުވީ ހުޅުމީދޫގައި މިހާރު އަޅާފައިވާ ފިޔަވަޅުތައް ދޫކޮށްލާނީ މިހާރު ނެގިފައިވާ ސާމްޕަލް ތަކުގެ ނަތީޖާ ލިބި އަދި އިތުރު ސާމްޕަލް ތަކެއް ނެގުމަށް ފަހު ބަލި ނެތްކަން ޔަގީން ކުރުމަށް ފަހުކަމަށެވެ.

އައްޑޫ ސިޓީ މީދޫން 282 ސާމްޕަލް ނަގާފައިވާއިރު އެ ރަށު ހޯމް ކަރަންޓީނުގައި ހުރި މީހަކު މި މަހު 5ވަނަ ދުވަހުވަނީ ޕޮޒިޓިވްވެފައެވެ. މީދޫން ޕޮޒިޓިވްވި މީހުންގެ އަދަދު ސާދައަށް އަރާފައިވާއިރު އެ އަވަށުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައްވަނީ އިތުރު 7 ދުވަހަށް އިތުރުކޮށްފައެވެ.

ކޮވިޑް19 އާއި ގުޅިގެން ހުޅުދޫމީދޫގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި:

  • ރޭގަނޑު 8:00 އިން ފަތިހު 4:30 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން
  • ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނާކުރުން
  • އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުން
  • އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުން
  • އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވުން މަނާކުރުން
  • ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދުކުރުން
  • ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓާލުން
  • ޔުނިވާސިޓީތަކާއި ކޮލެޖް، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިއަށް ގެންދިއުން ހުއްޓާލުން
  • ހޮޓާ/ކެފޭ، ރެސްޓޯރަންޓްތައް ހުޅުވައިގެން ހިދުމަތްތައް ދިނުން ހުއްޓާލުން