English Edition
Dhivehi Edition

ސްޓާ ޕްލަސް އިން ދައްކާ ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ އަކީ މިހާރު އެ ޗެނަލް އިން ދައްކާ އެންމެ ދުވަސްވީ ޑްރާމާއެވެ. އެ ޑްރާމާގެ ސެޓުގެ ތެރެއިން އެތައް ގުޅުންތަކެއް ފެށިފައިވާއިރު މިހާރު މީޑިއާގައި އެންމެ ބާރަށް ދެކެވޭ ވާހަކައަކީ ރިޝީ ދޭވް (ނަކްޝް) އަދި މޮހޭނާ ސިންގް(ކްރިތީ)ގެ ގާތް ގުޅުމުގެ ވާހަކައެވެ.

ޑްރާމާގައި ވަރަށް ފޯރިއާއި އެކު މި ދެތަރިންގެ ކައިވެނީގެ ހަފްލާ ކުލަގަދަކޮށް ބޭއްވުމަށް ތައްޔާރުވަމުން އަންނަ އިރު މި ދެތަރިން ދަނީ ހަގީގީ ދިރިއުޅުމުގައިވެސް މި ފަދަ ހުވަފެންތަކެއް ދެކެމުންނެވެ. ޑްރާމާގެ ސެޓްގައިވެސް ދެ ތަރިން ވަރަށް ގާތްކޮށް އުޅެމުންދާއިރު މި ހާއްސަ ގުޅުމުގެ ވާހަކަ ޑްރާމާގައި ހަރަކާތްތެރިވާ ހުރިހާ ތަރިންނަށްވެސް ވަނީ އެގިފައެވެ. ރިޝީ އާއި މޮހޭނާ އެކުގައި ގިނަ ވަގުތުތަކެއް ހޭދަކުރަމުންދާއިރު ދެމީހުންވެސް ބުނެފައިވަނީ އެކުވެރިކަމުގެ ގުޅުން ފިޔަވައި އެހެން ގުޅުމެއް ނެތް ކަމަށެވެ. “މޮހޭނާ އަކީ އަހަންނަށް ވަރަށް ހާއްސަ ފަރާތެއް. އެކަމަކު އެއީ ހަމައެކަނި ރަހްމަތްތެރިއެއް. އެކުގައި މަސައްކަތްކުރަން ފައްސޭހަ ތަރިއެއް. ” މޮހޭނާ އާއި ބެހޭ ގޮތުން ވާހަކަދައްކަމުން ރިޝީ ވަނީ ބުނެފައެވެ.

މީގެ ކުރިން ޔޭ ރިޝްތާގައި ނަކްޝްގެ ރޯލު ކުޅުނު ތަރި ރޮހަން މެހެރާއާއި އެ ޑްރާމާގައި ތަރި ކާންޗީ ސިންގް (ގަޔޫ) ވެސް ވަނީ ޑްރާމާގެ ސެޓުގެ ތެރެއިން އެކަކު އަނެކަކާއިގ ގާތް ގުޅުމެއް އުފެދިފައެވެ. އަދި މި ޑްރާމާގައި ލީޑް ރޯލް ކުޅެމުންދާ މޮހޮސިން ހާން(ކާތިކް) އާއި ޝިވާންގީ ޖޯޝީ(ނައިރާ) ގެ ގުޅުމުގެ ވަހަކަތައް ވެސް މީޑިއާގައި ވަނީ ދެކެވިފައެވެ. ފުރަތަމަ ޝީވާންގީ އާއި މޮހޮސިން މި ގުޅުމަށް އިންކާރުކޮށްފައިވީ ނަމަވެސް ފަހުން މޮހޮސިންވަނީ އެ ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ބުނެފައެވެ.