English Edition
Dhivehi Edition

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ފަރާތްތަކުގެ ތެރެއިން ޑރ. މުހައްމަދު މުއިއްޒަކީ މާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި އިހުސާސްތައް އަޑުއަހާނެ ބޭފުޅެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ،

ދާދި ފަހުން އުފެއްދެވި ދިވެހި ނެޝެނަލް އެކްޝަން (ޑީއެންއޭ) ގެ ސިޔާސީ ހަރަކާތުގައިވެސް އިސްކޮށް އުޅުއްވާ ދުންޔާ ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ މޭޔަރުކަމަށް ވާދަކުރައްވާ ޑރ. މުއިއްޒަށް ތާއިދުކުރައްވާކަން ހާމަކޮށްފައެވެ.

މި ގޮތުން ދުންޔާ ވިދާޅުވީ ޑރ. މުއިއްޒް ސަރުކާރުގެ ޕަޕެޓަކަށް ނުވާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.އަދި ޑރ. މުއިއްޒަކީ، ބޯހިޔާވަހިކަމުގެ ހައްޤު ހޯދައިދިނުމަށް މަސައްކަތްކުރާނެ ޤާބިލް ހާދިމެއްކަމުގައި ދުންތާވަނީ ފާހަގަކުރައްވާފައެވެ.

“މާލޭގެ މޭޔަރ ކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއަން، ޑރ. މުއީޒަކީ، މާލޭގެ ރައްޔިތުންގެ ކަނބޮޑުވުންތަކާއި އިހުސާސްތައް އަޑުއަހައި، ސަރުކާރުގެ ޕަޕެޓަކަށް ނުވާނެކަމުގެ ޔަޤީންކަން އޮތް، ބޯހިޔާވަހިކަމުގެ ހައްޤު ހޯދައިދިނުމަށް މަސައްކަތްކުރާނެ ޤާބިލް ހާދިމެކެވެ.” ދުންޔާ ވިދާޅުވިއެވެ.

ޑރ.މުއިއްޒުގެ އިތުރުން މާލޭގެ މޭޔަރު ކަމަށް ވާދަަކުރައްވަނީ ވެރިކަން ކުރާ އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުލް ސައްތާރު އާއި އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ އަލްހާން ފަހްމީއެވެ.