English Edition
Dhivehi Edition

ގދ. ތިނަދޫގައި އިމާރާތަކުން ވެއްޓި މީހަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.

ތިނަދޫ އާރު އަވަށު ޓާރފް ދަނޑު ސަރަހައްދުގައި ހުރި އިމާރާތަކަށް އަރަން އުޅުމުގެ ތެރޭގައި ވެއްޓި މެދުއުމުރުގެ ދިވެއްސަކަށް ބޮޑެތި އަނިޔާތަކެއްްވެ މިހާރު ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ތިނަދޫގައި ކުރިއަށްދާ އަންހެނުންގެ ހޭންޑްބޯލް މުބާރާތެއް ބެލުމަށް އެ ސަރަހައްދުގައި މަސައްކަތް ކުރަމުން އަންނަ އިމާރާތަކަށް އަރަން އުޅުމުގެ ތެރޭގައި ވެއްޓުނު ފިރިހެން މީހާ ވެއްޓުނީ ފުރަތަމަ ފަންގިފިލާއިން ކަމަށާއި ވެއްޓިގެންގޮސް ޖެހުނީ އެތަނުގައި ބައިތިއްބާފައި ތިބި ދަގަނޑު ހޮޅިތަކެއްގެ މަތީގައި ކަމަށް އެތަނުގައި ހުރި އެހެން މީހަކު އޭ.އޯ. ނިއުސް އަށް މަޢުލޫމާތު ދިނެވެ.

މި މީހާ 21:15 އެހާކަންހާއިރު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި ގެންދިޔައިރު އޭނާގެ ބޯ ފަޅައިގެން ގޮސް ލޭ އަންނަމުން ދިޔަ ކަމަށް އެ ސަރަހައްދުގައި ހުރި މީހަކު މަޢުލޫމާތު ދެއެވެ.

1 ކޮމެންޓް
Ibrahim6684
މާޗް 7, 2021
Thankolheh balaigen ulhebaa