English Edition
Dhivehi Edition

ދިވެހިންގެ މެދުގައިވެސް ވަރަށް މަގްބޫލްވެގެން ދިޔަ ޓީވީ ސީރީޒް “ޕްރިޓީ ލިޓްލް ލަޔާރސް”ގެ ތަރި ލޫސީހޭލް31 ލޯބީގެ ގޮތުން ގުޅިގެން އުޅެނީ އުމުރުން 51 އަހަރުގެ ފިލްމީތަރި ސްކީޓް އުރިޗް(ބްރިޔަން ރޭ ޓްރައުޓް) އާކަމަށް އޭނާ ބުނެފިއެވެ.

ސްކީޓް އާއި ލޫސީގެ އުމުރުގައި 20 އަހަރުގެ ތަފާތެއް ހުއްޓަސް މި ދެތަރިން އެކުގައި އުޅެނީ ވަރަށް ލޯބިންކަމަށް މީޑިއާ ރިޕޯރޓްތައް ބުނެއެވެ. މި ދެތަރިން އެކުގައި ވަރަށްގިނަ ތަންތަނަށް ދާމަންޒަރު ޕަޕަރާޒީންގެ ކެމެރާތަކަށްވެސް ވަނީ އަރާފައެވެ. ލޫސީއާއި ސްކީޓް ލޯބީގެ ގޮތން ގުޅިގެން އުޅޭތާ މަސްތަކެއްވެއްޖެއެވެ.

ސްކީޓްއާއި ލޫސީ އެންމެ ފުރަތަމަ ދިމާވެފައިވަނީ އެމެރިކަން ޓީން ޑްރާމާ ރިވާޑޭލްގެ ޝޫޓިންގ ތެރެއިން 2019 ވަނަ އަހަރުއެވެ.

ސްކީޓްވަނީ މީގެ ކުރިން 2ކައިވެންޏެއްކޮށްފައެވެ. އޭގެތެރެއިން ފުރަތަމަ ކައިވެންޏަށް އޭނައަށް 2ކުދިންލިބިފައި ވެއެވެ. ލޫސީހޭލް ވެސްވަނީ މީގެ ކުރިން ކޮލްޓަން، ޑޭވިޑް ހެންރީ އަދި ރަޔަން ރޮޓްމެން ފަދަ ތަރިންނާއެކު ލޯބީގެ ގޮތުން ގުޅިގެން އުޅެފައެވެ.

ސްކީޓް ދެން އެންމެ އަވަހަށް ފެނިގެންދާނީ ޑައިރެކްޓަރ މިގެލް ގެ “ބައޯސް” އިންނެވެ. މި އެމެރިކަން ސައިންސް ފިކްޝަން ޑްރާމާ ދައްކަންފަށާނީ މިއަހަރު އޯގަސްޓްމަހު 13 ވަނަދުވަހު އެވެ.