English Edition
Dhivehi Edition

ސްޓާ ޕްލަސް އިން ގެނެސްދިން އެންމެ މަގުބޫލު އެއް ޑްރާމާ ‘ކަސޯޓީ ޒިންދަގީ ކޭ’ގެ ތަރި ޕާތް ސަމްތާންގެ އުފަންދުވަހު އޭނާއަށް އެއްވެސް ހަދިޔާއެއްވެސް އަދި ކޭކެއްވެސް ނުފޮނުވުމަށް އެދިއްޖެއެވެ.

މި މަހުގެ 11 ވަނަ ދުވަހު ޕާތްގެ އުފަންދުވަސް ފާހަގަކުރުމަށް ގިނަ ބަޔަކު މިހާރުވެސް ތައްޔާރުވަމުން އަންނައިރު އޭނާ ވަނީ ފޭނުންގެ ކިބައިން މިފަހަރު ތަފާތުކަމަކަށް އެދިފައެވެ.

މި ގޮތުން ޕާތް، އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ޕޯސްޓެއް ބުނީ ވަނީ އުފަންދުވަހު ހަދިޔާ އާއި ކޭކުތައް ނުފޮނުވުމަށް އެދިފައެވެ. “މިއީ އަހަރެންގެ ވަރަށް ހާއްސަ އެދުމެއް. އުފަންދުވަހު ހަދިޔާތަކާއި ކޭކުތައް އަހަންނަށް ފޮނުވުމުގެ ބަދަލުގައި، އެ ސަރަހައްދެއްގައި، ހާލުގައި އުޅެމުންދާ ނިކަމެތި ކުދިންނަށް އެ ތަކެތި ދިނުމަކީ، މި ގޮތަށް ކަންތައް ކޮށްފި ނަމަ އަހަރެން ވަރަށް ބޮޑަށް ޝުކުރުވެރިވެ އެކަން ބަލައިގަންނާނަން. ” ފާތް ބުންޏެވެ.އިތުރަށް ޕާތު ވަނީ މުޖްތަމައުގައި އުޅޭ ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ގޮވާލާފައެވެ. އަދި ސަޕޯޓަރުންގެ ފަރާތުން ބޭނުންވަނީ ހަމައެކަނި ލޯތްބާއި ތަރުހީބުކަމުގައިވެސް ޕާތްވަނީ ބުނެފައެވެ،

ކަސޯޓީ އަށް ފަހު ބޮލީވުޑްގެ ފިލްމު ‘ގަންގުބައި ކަތިއަވަޑީ” ގައި އާލިއާ ބަޓް އާއި އެކު ޕާތް ފެނިގެންދާނެކަމަށް ގިނަ ބަޔަކު އުއްމީދުކުރި ނަމަވެސް އަދި މިހާތަނަށް ބޮލީވުޑްގެ އެއްވެސް ފިލްމަކުން ޖާގަ ލިބިފައިވާކަން ފާތް ހާމަކޮށްފައެއް ނުވެއެވެ، އަދި ކޭސީ ޔެ ޔާރީއާން އަށް ފަހު ޓީވީ ތަރިއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޕާތް އަށް ލިބުނު ގިނަ ފުރުސަތުތައް އޭނާ ދޫކޮށްލާފައިވާއިރު މީގެ ކުރިން ޕާތް ވަނީ ދެން ބޭނުންވަނީ ބޮލީވުޑްގައި ފައިތިލަ ސާބިތުކުރަން ކަމުގައި ބުނެފައެވެ