English Edition
Dhivehi Edition
25 މާޗު 2020: ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ކަމާ ގުޅޭ އިދާރާތައް ގުޅިގެން ބޭއްވި އިމަޖެންސީ ޑްރިލްގެ ތެެރެެއިން - ފޮޓޯ: އަހުމަދު ޝުރާއު (ވީނިއުސް)

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފަސް މީހުންނަށްވުރެ ގިނައިން އެއްވެ އުޅުން މަނާކޮށްފި އެވެ.

ރާއްޖޭގައި ކޮވިޑް19ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާއިރު މިރޭ އެޗްޕީއޭ އިން ވަނީ ކޮވިޑްގެ ބައެއް ފިޔަވަޅުތަކަށް ބަދަލުގެނެސްފައެވެ،

މި ގޮތުން ޑިރެކްޓާ އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަރު ސޮއިކުރައްވައި ރޭ ނެރުނު އެނގުމުގައި ބުނީ، އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލްއޮފް ޕަބްލިކް ހެލްތައް ލިބިގެންވާ ބާރުގެ ދަށުން މާދަމާއިން ފެށިގެން މާލެ ސަރައްދު ހިމެނޭ، މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއާއި، ގުޅީފަޅާއި، ތިލަފުށްޓާއި، ހުޅުލެ) ގައި އެއްފަހަރާ ފަސް މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެއުޅުން މަނާވާނެ ކަމަށެވެ.

މީގެ އިތުރުން ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުމަށް ނިންމާފައި އޮތް ނިންމުމުގެ މުއްދަތު އެއް ހަފްތާ ދުވަހަށް އިތުރުކޮށްފައިވާއިރު ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހިންގުން ހުއްޓައިލުމަށާއި ދުވުމަށް ޚާއްޞަކޮށްފައިވާ ޓްރެކުތައް ބަންދުކުރުމުގެ އިތުރުން ޕާކުތަކާއި މައިޒާންތައް ވެސް ބަންދުކުރަން ވަނީ އަންގާފައެވެ. އަދި ރޭގަނޑު 20:00 އިން ފެށިގެން ކެފޭ ރެސްޓޯރަންޓުތައް އާންމުކޮށް ހުޅުވައިގެން ހިދުމަތް ދިނުން ވެސް ވަނީ މަނާކޮށްފައެވެ.