English Edition
Dhivehi Edition
ކޮވިޑް-19 އަށް ޓެސްޓު ކުރަން ސާމްޕަލް ނަގަނީ - ފޮޓޯ: ވަން އޮންލައިން

ރާއްޖެއިން މިއަދު އިތުރު 167 މީހުން ކޮވިޑް19އަށް ޕޮޒިޓިވްވެ، ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 20،447 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 135 މީހަކާއި އެހެން ރަށްތަކުން ޕޮޒިޓިވްވި 17 މީހަކާއި ހިންގަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 15 މީހުން ކަމަށެވެ.

އެޗްޕީއޭގެ ތަފާތް ހިސާބުތައް ދައްކާ ގޮތުން މި ވަގުތު ބަލި ޖެހިފައި ތިބި 2،664 މީހުން ތިބިއިރު، އޭގެ ތެރެއިން 180 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 17،712 އަށް އަރާފައިވާއިރު މި ބަލީގައި ރާއްޖެއިން މިހާތަނަށް 64 މީހަކު ވަނީ ނިޔާވެފަ އެވެ.

ރާއްޖޭގެ ކޮވިޑް19 ކޮންޓްރޯލްކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނައިރު މިއަހަރުގެ މިހާތަނަށް ކޮވިޑް19 ގައި ސޯޅަ މީހަކު ވަނީ ނިޔާވެފައެވެ.