English Edition
Dhivehi Edition
އައްޑޫ ސިޓީ މީދޫ ފޮޓޯ: އީމާން

އައްޑޫ ސިޓީ މީދޫގައި ކޮވިޑް ފެތުރިފައިވާ މިންވަރު ބެލުމަށްޓަކައި، ނަގާފައިވާ ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން މިހާތަނަށް ނަތީޖާ ލިބުނު އެއްވެސް ސާމްޕަލެއް ޕޮޒިޓިވްވެފައި ނުވާކަމަށް ހުޅުމީދޫ ސިއްހީ މަރުކަޒުގެ މެނޭޖަރ އިބްރާހީމް ދީދީ ވިދާޅުވެއްޖެއެވެ.

‘އޭއޯ ނިއުސް’އަށް މައުލޫމާތު ދެމުން އިބްރާހީމްދީދީ ވިދާޅުވީ މީދޫން ނަގާފައިވާ ބައެއް ސާމްޕަލްތަކުގެ ނަތީޖާތައް އަދި ނުލިބޭކަމަށާއި، މިހާތަނަށް ނަޖީތާ ލިބުނު އެއްވެސް ސާމްޕަލެއް ޕޮޒިޓިވްވެފައި ނުވާކަމަށެވެ. ” އަޅުގަނޑަށް ލަފާކުރެވެނީ މާދަމާ އާއި ހަމައަށް ހުރިހާ ސާމްޕަލްތަކެއްގެ ނަތީޖާ ލިބޭނެހެން. ސާމްޕަލްތަކުގެ ނަތީޖާ ލަސްވަނީ އައްޑޫ ސިޓީގެ އިތުރުން ފުވައްމުލަކުގެ ސާމްޕަލްތައްވެސް މި ސިޓީގައި ޓެސްޓުކުރަމުން އަންނާތީ” އިބްރާހީމް ދީދީ ވިދާޅުވިއެވެ.

އައްޑޫ ސިޓީ މީދޫން 282 ސާމްޕަލް ނަގާފައިވާއިރު އެ ރަށު ހޯމް ކަރަންޓީނުގައި ހުރި މީހަކު މިއަދުވަނީ ޕޮޒިޓިވްވެފައެވެ. މީދޫން ޕޮޒިޓިވްވި މީހުންގެ އަދަދު ސާދައަށް އަރާފައިވާއިރު އެ އަވަށުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައްވަނީ އިތުރު 7 ދުވަހަށް އިތުރުކޮށްފައެވެ.

ކޮވިޑް19 އާއި ގުޅިގެން ހުޅުދޫމީދޫގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި:

  • ރޭގަނޑު 8:00 އިން ފަތިހު 4:30 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރުން
  • ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނާކުރުން
  • އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓާލުން
  • އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުން
  • އެއް ފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވުން މަނާކުރުން
  • ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދުކުރުން
  • ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓާލުން
  • ޔުނިވާސިޓީތަކާއި ކޮލެޖް، ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިއަށް ގެންދިއުން ހުއްޓާލުން
  • ހޮޓާ/ކެފޭ، ރެސްޓޯރަންޓްތައް ހުޅުވައިގެން ހިދުމަތްތައް ދިނުން ހުއްޓާލުން
  • މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުން