English Edition
Dhivehi Edition

ބައިނަލް އަޤްވާމީ ގޮތުން މިއަހަރު ފާހަގަކުރި ސޭފަރ އިންޓަނެޓް ދުވަހާ ގުޅިގެން ފުލުހުންނާއި ވުމަން އިން ޓެކް އެމްވީ ގުޅިގެން ކުރިއަށް ގެންދިޔަ ހާއްސަ ކުއިޒްގެ ނަސީބުވެރިން ހޮވައިފިއެވެ.

މި ކުއިޒްގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ނަސީބުވެރި 15 ފަރާތް ހޮވާފައިވަނީ އެކަމަށްޓަކައި ރޭއޮންލައިންކޮށް ކުރިއަށް ގެންދިޔަ ގުރުނެގުމުގެ ރަސްމިއްޔާތެއްގައެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި ކުއިޒަކީ ބައިނަލް އަޤްވާމީ ގޮތުން ފާހަގަކުރާ ސޭފަރ އިންޓަނެޓް ޑޭ ފާހަގަކުރުމުގެ ގޮތުންނާއި ސައިބަރ ސެކިއުރިޓީއާ ގުޅޭގޮތުން އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ފުލުހުންނާއި ވިމެން އިން ޓެކް މޯލްޑިވްސް އާ ދެމެދު ސޮއިކޮށްފައިވާ ފަހުމާނާމާގެ ދަށުން ހިންގި ފުރަތަމަ ހަރަކާތެވެ.

winners

ފުލުހުންގެ މީޑީއާއިން ބުނީ، ސައިބަރ ސޭފްޓީ އާގުޅޭ ސުވާލުތައް ހިމަނައިގެން ކުރިއަށް ގެންދިޔަ މި ކުއިޒް ފުރިހަމަކުރުމުން އޮންލައިންކޮށް ސެޓްފިކެޓެއް ދީފައިވާކަމަށެވެ. އަދި މި ކުއިޒް ފުރިހަމަކުރުމަށްފަހު ސެޓްފިކެޓް މީސްމީޑިއާގައި #CyberRakkaa ހޭޝްޓެގް ބޭނުންކުރުމަށްފަހު ޝެއަރކުރުމުން ކުއިޒްގެ ބައިތައް ފުރިހަމަވާގޮތަށް ކުރިއަށް ގެންދިޔަ މި ކުއިޒްގައި 1000 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ. އެގޮތުން މި ބައިވެރިންގެ ތެރެއިން ގުރުއަތަށް ގޮސްފައިވަނީ ކުއިޒް ފުރިހަމަ ކުރުމަށްފަހު ރަނގަޅު ހޭޝްޓެގް ބޭނުންކޮށްގެން މީސް މީޑިއާގައި ޝެއަރކޮށްފައިވާ ފަރާތްތަކެވެ.

މި ކުއިޒް ފުރިހަމަކުރި ބައިވެރިންގެ ތެރެއިން ނަސީބުވެރި 15 ފަރާތަކަށްވަނީ އިނާމު ދީފައެވެ. އެގޮތުން ތިން ފަރާތަކަށް ސީގޭޓް ބެކްއަޕް ޕްލަސް 2 ޓީބީ ހާޑް ޑިސްކް އިނާމުގެ ގޮތުގައި ދީފައިވާއިރު، ދެ ފަރާތަކަށްވަނީ ލޮޖިޓެކް ވައަރލެސް ހެޑްސެޓް ދީފައެވެ. އަދި 10 ފަރާތަކަށް ކިންގްސްޓަން 16 ޖީބީ ފްލޭޝް ޑްރައިވްއެއް އިނާމުގެ ގޮތުގައި ދީފައެވެ.

މައުލޫމާތު؛ https://www.policelife.mv/