English Edition
Dhivehi Edition
ފޮޓޯ:އިބްރާހީމް ސައީދު އަލީ/ވޮއިސް އޮފް މީދޫ

އައްޑު ސިޓީ މީދޫ ކޯގަންނު ސަރަޙައްދުގައި ބިނާކުރުމަށް ނިންމާފައިވާ ސަގާފީ މަރުކަޒުގެ ކޮންސެޕްޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މިއަދު ކުރި އިއުލާނުގައި ބުނީ މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާކަމަށެވެ. މި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން، މައުލޫމާތު ދިނުން މި މަހުގެ 10 ވަނަ ދުވަހު 11:30 ގައި ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު، ޤައުމީ ދާރުލްއާސާރު އަދި އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ކުރިއަށްދާނެކަމަށް މި އިއުލާނުގައިވަނީ ބުނެފައެވެ. އަދި މި މަސައްކަތުގެ އަންދާސީ ހިސާބު ހުށަހެޅުން، 18 މާރިޗް 2021 ވަނަ ދުވަހުގެ 11:30 ގައި ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު، ޤައުމީ ދާރުލްއާސާރު އަދި އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ކުރިއަށްދާނެކަމަށްވެސް މި އިއުލާނުގައިވަނީ ބުނެފައެވެ،
އައްޑޫ ސިޓީ މީދޫގައި ސަގާފީ މަރުކަޒެއް ގާއިމުކުރުމަށްޓަކައި ބޭނުންވާ ބިން، އައްޑޫ ސިޓީ ކައުންސިލުން މިހާރު ހަމަޖައްސާދީފައިވާއިރު މި މަރުކަޒު އެޅުމަށް ނިންމާފައިވަނީ މީދޫ ކޯގަންނު ގަބުރުސްތާނު ކުރިމަތީ، ބަހާއުއްދީން މަގަށްވާ ގޮތަށެވެ. މި މަރުކަޒުގައި މީދޫގެ ތާރީހާއި ގުޅިފައިވާ އެކިއެކި ސާމާނާ، އެގްޒިބިޝަން އަދި އިވެންޓް ހޯލެއްގެ އިތުރުން 70 މީހުންގެ ޖާގައިގެ ސިނަމާއެއްވެސް ހެދުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން އެ ތަނުގައި ދޮންދީނި ސެންޓަރެއްގެ އިތުރުން ގަސްތަކުގެ މައުލޫމާތު ދެވޭ ގޮތަށް ބަގީޗާއެއް ހެދުމަށް ވަނީ ނިންމާފައެވެ.