English Edition
Dhivehi Edition
ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ - ފޮޓޯ: ޕީއެސްއެމް

ރާއްޖެއިން މިއަދު އިތުރު 136 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 20،280އަށް އަރައިފިއެވެ.

އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 124 މީހުންނާއި ހިންގަމުންދާ ރިސޯޓުތަކުން ޕޮޒިޓިވްވި 10 މީހުންނާއި ސަފާރީތަކުން ޕޮޒިޓިވްވި ދެ މީހެއް ކަމަށެވެ.

މިއަދު ރާއްޖެއިން 125 މީހުން ބަލިން ރަނގަޅުވެފައިވާއިރު މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 17،595 އެވެ.

މިވަގުތު ބަލި ޖެހިފައި ތިބި 2،615 މީހުން ތިބިއިރު، އޭގެ ތެރެއިން 187 މީހަކަށް ފަރުވާ ދެމުންދަނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ.

މިއަދު ވެސް ކޮވީޑް ބަލީގައި މީހަކު ނިޔާވެފައިވާއިރު މި ބަލީގައި ރާއްޖެއިން މިހާތަނަށް 63 މީހަކު ވަނީ ނިޔާވެފަ އެވެ.