English Edition
Dhivehi Edition

ގއ ވިލިނގިލީގެ ތާރުނާޅާ ހުރި މަގުތަކަށް ފަސްއަޅާ ލެވެލްކުރުމުގެ މަސައްކަތް ރަށުކައުންސިލް އިދާރާއިން ފަށައިފި އެވެ.

އޭއޯ ނިއުސް އަށް މަޢުލޫމާތު ދެމުން ގއ ވިލިނގިލީ ރަށު ކައުންސިލްގެ މެމްބަރު ހަބީބު ޙަސަން ވިދާޅުވީ، ޙަގީގަތުގައި މިއީ މިހާރު ކުރަން ޖެހޭ މަސައްކަތެއް ނޫން ކަމަށާއި، ވިލިނގިލީގެ މަގުތަކުގައި ތާރަ އެޅިއިރު މަގުތަކުން ނެގި ފަސް، ތާރަ ނާޅާ މަގުތަކަން އަޅާ އޭރު އެއްވަރުކޮށްފަ ހުންނަންޖެހޭނެކަމަށެވެ. އެއީ މަގުތަކުގައި ތާރަ އެޅި އިރު ބޭނުންވާ ކޮންމެ ވެހިކަލެއް ލިބެންހުރިކަމަށާއި،ބުނާގޮތަށް ކަންތަށްތަށް ކުރަން މީހުން ތިބިކަމަށެވެ، ނަމަވެސް މިކަން ނުވެ އޮތުމަކީ ވިލނގިލީގެ ރައްޔިތުންނަށް ވަރަށް ބޮޑު ދަތި އުދަގޫ ތަކާއި ކުރިމަތިލާން ޖެހުނު ކަމެއްކަމަށެވެ.

އޭއޯނިއުސް އަށް އިތުރަށް މަޢުލޫމާތު ދެމުން ހަބީބު ވިދާޅުވީ، ރަށުގެ ރައްޔިތުން ކުރަމުންދާ ޝަކުވާ ތަކަށް ހައްލެއް ހޯދުމަށް ކައުންސިލުން ދަނީ ވަރަށްބޮޑަށް މަސައްކަތް ކުރަމުން ކަމަށާއި އަދި ފަސް ނޭޅިހުރި މަގުތަކަށް ފަސް އަޅާ ލެވެލް ކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، އުއްމީދަކީ ރޯދައިގެ ކުރިން ހުރިހާ މަގުތަކަށް ފަސްއަޅާ އެއްވަރު ކުރުން ކަމުގައެވެ. މިކަމުގައި ވިލިނގިލީގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ކައުންސިލް ނަމުގަ ޝުކުރު އަދާކުރާކަމުގައި ހަބީބު ވިދާޅުވިއެވެ.

ވިލިނގިލީގެ ކައުންސިލް މިދައުރު ނިމިގެންދާއިރު ވިލިނގިއްޔަށް ވަރަށް ބޮޑެތިކުރިއެރުންތަކެއް ލިބިފައި ވާކަން ފާހަގަ ކޮށްލެވެއެވެ. މި ގޮތުން އަލަށް މީހުން ދިރި އުޅެންފެށި ހައުސިން ޔުނިޓުތަކުގެ މަގުބައްތި ޖެހުމާއި،ކުޑަކުދިންގެ ޕާކު ،އަދި އައުޓު ޑޯ ޖިމް ފާހަގަ ކޮށްލެވެއެވެ.