English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސުނިލް ޝެޓީގެ ފިރިހެން ދަރިފުޅު އަހާން ޝެޓީ ބޮލީވުޑަށް ތައާރަފުކުރާ ފިލްމު ‘ތަޅަޕް’ ގެ ފުރަތަމަ ޕޯސްޓަރު އާންމުކޮށްފިއެވެ.

ތަޅަޕްގެ ޕޯސްޓަރު ސޯޝަލް މީޑިއާގައި ހިއްސާކުރަމުން މަޝްހޫރު ފިލްމީ ތަރި އަކްޝޭކުމާރު ވަނީ އަހާންގެ އާ ފެށުމަށް މަރުހަބާ ކިޔާފައެވެ. “މިއަދަކީ އަހާން އަށް ބޮޑު ދުވަހެއް. އަދިވެސް ހަނދާން އެބަހުރި އަހާންގެ ބައްޕަ ސުނިލް ޝީޓީގެ ބަލްވާންގެ ޕޯސްޓަރު. މިއަދު އަހަރެން މިއަދު މި ތާރަފްކުރަނީ އަހާން.” އަކްޝޭވަނީ ބުނެފައެވެެ.

ސާޖިދު ނަދިއަދްވާލާ ޕްރޮޑިއުސްކުރާ މި ފިލްމު ޑައިރެކްޓް ކުރަނީ “ދަ ޑާޓީ ޕިކްޗާ” އާއި “ވަންސް އަޕޮން އަ ޓައިމް އިން މުމްބާއީ” ފަދަ ކާމިޔާބު ފިލްމުތައް ޑައިރެކްޓް ކުރި މިލަން ލުތުރިއާ އެވެ.

މިއަހަރުގެ ސެޕްޓެމްބަރު 24 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގައި އަހާން އާއި އެކު ފެނިގެންދާނީ ސްޓޫޑެންޓް އޮފް ދި އިޔާ އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ތާރާ ސުތާރިއާ އެވެ.

ތަޅަޕް އަކީ މިދިޔަ އަހަރު ރިލީޒްކުރި ކާމިޔާބު ތެލެގޫ ފިލްމު “އާރްއެކްސް 100” ގެ ރިމޭކެކެވެ.