English Edition
Dhivehi Edition

އިންޑިއާގެ ދިއްލީގައި ހުންނަ “އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައެންސަސް” (އެއިމްސް) ގެ ރެޒިޑެންޓް ޑޮކްޓަރ އެސޯސިއޭޝަން (އާރުޑީއޭ) ގެ އިންޓާން ރެޕްރެޒެންޓޭޓިވްގެ މަގާމަށް ދިވެއްސަކު ހޮވައިފިއެވެ.

މި މަގާމަަށް ހޮވާފައިވަނީ އެއިމްސްގެ އިންޓާންގައި މަސައްކަތް ކުރައްވަވަމުން އަންނަ، އައްޑޫސިޓީ މަރަދޫފޭދޫ ޗަމަކް، ޑރ އަލީ އިޔާޒް ރާޝިދެވެ.

އިޔާޒް މި މަގާމަށް ހޮވިފައިވަނީ އެ މަގާމަށް ދެން ވާދަކުރި ޑރ އަދިތިޔާ އަގަރަވާލް އާއި ވާދަ ކޮށް 318 ވޯޓުގެ ތަފާތަކުންނެވެ.

އިޔާޒް އަކީ 2016 ވަނަ އަހަރު އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް އިން މެޑިސިން ހަދަން ރާއްޖޭގެ 4 ދަރިވަރަކަށް ލިބުނު ސްކޮލަރޝިޕް ފުރުސަތުގެ ދަށުން 2016 ވަނަ އަހަރު އިންޑިއާގައި މެޑިސިން ފުރިހަމަކޮށް އިންޓާން ގައި މަސައްކަތް ކުރަމުން އަންނަ ޑޮކްޓަރެކެވެ.

 

 

1 ކޮމެންޓް
Someone
މާޗް 1, 2021
Aaraamuge kujje mee. Maradhoo feydhoo