English Edition
Dhivehi Edition

ގއ އަތޮޅުގެ ރިސޯޓުތަކުގެ ފުރޮންޓުލައިނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކޯވިޑު ޝީލްވެކްސިން ދޭންފަށައިފިކަމަށް ކޮމިއުނިޓީ ހެލްތު އޮފިސަރ އަސްމާ އަބުދުއްﷲ ވިދާޅުވެއްޖެއެވެ.

މިގޮތުން ފުރަތަމަ މި ވެކުސިން ދީފައިވަނީ ޕުލްމޫން ރިސޯޓުގެ ފުރޮންޓުލައިނުގައި މަސައްކަތް ކުރާ 120 މުވައްޒަފަކަށެވެ. އޭއޯ ނިއުސް އަށް މައުލޫމާތު ދެމުން އަސްމާ ވިދާޅުވީ މިއަދު، މާކިއުރީ މޯލްޑިވްސް އާއި ވިލިނގިލީގެ 40 އަހަރުން މަތީގެ މީހުންނަށް ވެކުސިން ދޭން ހަމަޖެހިފައިވާކަމަށެވެ. ވެކްސިން ދޭން ހަމަޖެހިފައިވަނީ މިއަދުގެ 10 އިން ފެށިގެން ހަވީރު 30 5 ހާ ހަމަޔަށެވެ.

މިހާތަނަށް ގއ އަތޮޅުގެ 1659 މީހަކަށް ވެކްސިން ދެވިފައިވާއިރު މިހާރު މިވަނީ މި އަތޮޅުގެ ރަށްތަކުގައި އުޅޭ އުމުރުން 40 އަހަރުން މަތީގެ މީހުންނާއި ހައިރިސްކު މީހުންނަށްވެސް ވެކުސިން ދޭންފަށާފައެވެ

ކޮވިޑް ވެކްސިން އެންމެ ފުރަތަމަ ދޭން ފެށީ މާލެ ސަރަޙައްދުން ނަމަވެސް، ފެބުރުވަރީ 03 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ހުރިހާ ހޮސްޕިޓަލެއްގައިވެސް ވަނީ ވެކްސިން ދޭން ފަށައިފައެވެ. މުޅިރާއްޖެއިން 105492 މީހުންނަށް ވެކުސިންދީފައިވާއިރު ރާއްޖޭގައި މިހާތަނަށް ޖަހަމުންދަނީ އިންޑިއާއިން ހަދިޔާކުރި އޮކުސްފޯޑު އެސްޓުރާޒެކެނާ ކޮވިޝީލްޑު ވެކުސިން އެވެ..