English Edition
Dhivehi Edition

ގއ އަތޮޅުން މިހާތަނަށް 1659 މީހަކަށް ކޮވިޑް ގެ ވެކްސިން ދީފައިވާނެ ކަމަށް ގއ އަތޮޅުގެ ކޮމިއުނިޓީ ހެލްތު އޮފިސަރ އަސްމާއަބުދުﷲ ވިދާޅު ވެއްޖެއެވެ.

އޭއޯ ނިއުސް އަށް މައުލޫމާތުދެމުން އަސްމާ ވިދާޅުވީ މިހާތަނަށް ވެކުސިން ދެވިފައިވާ ރަށްތަކަކަކީ، ގއ ވިލިނގިލިން 650 މީހަކަށާއި މާމެންދޫއިން ،102 މީހުން، ގެމަނަފުށިން 189 ، ދެއްވަދޫއިން 114 ، ކަނޑުހުޅުދޫއިން 84 ،ނިލަންދޫއިން 67 ، ކޮލަމާފުށިން 156 ދާންދޫއިން 231 މީހަކަށާއި އަދި ކޮޑޭގެ 66 މީހަކަށް ކަމަށެވެ.ގއ.

ކޮވިޑް ވެކްސިން އެންމެ ފުރަތަމަ ދޭން ފެށީ މާލެ ސަރަޙައްދުން ނަމަވެސް، ފެބުރުވަރީ 03 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ހުރިހާ ހޮސްޕިޓަލެއްގައިވެސް ވަނީ ވެކްސިން ދޭން ފަށައިފައެވެ. މުޅިރާއްޖެއިން 105492 މީހުންނަށް ވެކުސިންދީފައިވާއިރު ރާއްޖޭގައި މިހާތަނަށް ޖަހަމުންދަނީ އިންޑިއާއިން ހަދިޔާކުރި އޮކުސްފޯޑު އެސްޓުރާޒެކެނާ ކޮވިޝީލްޑު ވެކުސިން އެވެ..

ރާއްޖެއިން މިހާތަނަށް 19,597 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، 17,132 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި 170 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، މި ބަލީގައި ރާއްޖެއިން 61 މީހަކު ވަނީ ނިޔާވެފައެވެ.