English Edition
Dhivehi Edition

މި ސަރުކާރުން އައްޑޫ ސިޓީގައި އަޅާ ބްރިޖްގެ ގޮތުގައި، ފިލިޕީންސް ބްރިޖްއެއްގެ ފޮޓޯ ހިއްސާ ކުރެއްވުމުން ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިލްޔާސް ލަބީބަށް ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

އިލްޔާސްގެ ފޭސްބުކް އެކައުންޓުން ހިއްސާ ކުރާއްވާފައިވާ ބްރިޖްގެ ފޮޓޯއާއެކު ކުރެއްވި ޕޯސްޓްގައި ލިޔުއްވާފައިވަނީ މި ސަރުކާރާއެކު އައްޑޫގެ މުސްތުގްބަލް ފެންނަނީ ވަރަށް އުއްމީދީކޮށް ކަމަށެވެ. އެ ފޮޓޯތަކާއި ބެހޭ ގޮތުން މާ ބޮޑު ތަފްސީލެއް ނުދެއްވާ އިލްޔާސް ފޮޓޯތައް ހިއްސާކުރުމުން ގިނަ ބަޔަކު އިލްޔާސް އަށް ފާޑުކިޔާފައިވާއިރު، މިހާރު އިލްޔާސްވަނީ އެ ފޮޓޯ ޑިލިޓްކޮށްލާފައެވެ. އެހެންނަމަވެސް އެ ފޯސްޓްގެ ސްކީރްޝޮޓްތައް ސޯޝަލް މީޑީއާގައި ދައުރުވަމުން އަންނައިރު އިދިކޮޅު ކޯލިޝަނުގެ ލީޑަރުންނާއި އައްޑޫގެ ގިނަ ބަޔަކުވެސް ވަނީ އިލްޔާސް އާއި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

މިގޮތުން އައްޑޫ ސިޓީގެ ބައެއް ޒުވާނުން ވަނީ ކޮންމެ އިންތިހާބަކާއި ދިމާކޮށް އައްޑޫ ސިޓީގެ ރައްޔިތުން ގުނބޯހެއްދުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ޕްރޮމޯޓްކުރުމުގެ ބަދަލުގައި ރައްޔިތުންނަށް ފައިދާހުރި މަސައްކަތްތަކެއް ކުރުމަށްވެސް ގިނަ ބަޔަކުވަނީ ގޮވާލާފައެވެ