ފުވައްމުލަކު އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން މަރުވެއްޖެއެވެ. ފުވައްމުލަކުގައި މިއަދު ހަވީރު 4.30 އެހާކަށް ހާ އިރު ކާރެއް ކޮންޓްރޯލް ނުވެ ހިނގި އެކްސިޑެންޓްގައި ކާރުގައި ތިބި 2 މީހުންވެސް ނިޔާވެއްޖެއެވެ.
މިޙާދިސާ ހިނގާފައިވަނީ ފުވައްމުލަކު ނައިބް ތުއްތު މަގުގައެވެ.
ކާރެއް ފުރޮޅާލައިގެން ހިނގި މިއެކްސިޑެންޓުގައި އެއް ކުއްޖަކު ކާރު ތެރޭ ތާށިވެގެން ގިނަ އިރުތަކަކަށް ނުނެގި އޮތެވެ.
އެކްސިޑެންޓް ގައި މަރުވީ ފުނާޑު ކެޕްރީ އަޙްމަދު މުތީޢު(21) އާއި ދޫންޑިގަމް މެހެންދީ އަޙްމަދު އާމިލް(23) އެވެ.