English Edition
Dhivehi Edition

17:30- ހޮސްޕިޓަލަށް ގެންދިޔައިރުވެސް ދެ ޒުވާނުންވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ޕީއެސްއެމުން ރިޕޯޓް ކުރެއެވެ.

17:27- ތާށިވި ޒުވާނާވެސް ހޮސްޕިޓަލަށް ގެންދެވިއްޖެ

17.23: ނައިބް ތުއްތު މަގުގައި ހިނގި މިޙާދިސާގައި އެކަކު މަރުވެއްޖެ ކަމަށް ބައެއް ފަރާތްތަކުން ހާމަކުރޭ. އެހެންނަމަވެސް ކަމާގުޅޭ މުވައްސަސާއަކުން އަދި މިކަން ކަށަވަރުވާ ގޮތެއް ނުވޭ.

17:19- އަދިވެސް ތާށިވެފައިވާ ކުއްޖާ ނެގުމުގެ މަސައްކަތް ދަނީ ކުރިއަށް

މިއަދު 4.30 އެހާކަށް ހާ އިރު ފުވައްމުލަކު ގައި ހިނގި ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 2 ކުއްޖަކު ސީރިއަސް ޙާލަތަކަށް ގޮސްފިއެވެ. ކާރެއް ފުޅާލައިގެން ހިނގި މިއެކްސިޑެންޓުގައި އެއް ކުއްޖަކު ކާރު ތެރޭ ތާށިވެގެން އަދިވެސް ނުނެގިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ކާރުގައި ހުރި އަނެއްކުއްޖާ ވަނީ މިހާރު ހޮސްޕިޓަލަށް ގެންދެވިފައެވެ. އެހެން ނަމަވެސް އޭނާގެ ޙާލު ވެސް ވަރަށް ދެރަ ކަމަށް މަންޒަރު ދުށް ފަރާތްތަކުން ހާމަ ކުރެއެވެ.

ފުވައްމުލަކު އެކްސިޑެންޓްގައި ކާރުގައި ކުއްޖަކު ތާށިވެފައި/ފޮޓޯ އެމްވީ ކްރައިސިސް

އިތުރު ތަފްސީލު އަންނަނީ