English Edition
Dhivehi Edition

ގއ. ވިލިނގިލި ބަނދަރު ފުންކުރުމުގެ މަޝްރޫއުގެ 50 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ ކުންފުނި، އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނީ ވިލިނގިލި ބަނދަރު ފުންކުރުމުގެ މަޝްރޫޢުގެ ދަށުން، 71،519 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި ނެރު ފުންކުރުމުގެ މަސައްކަތް ހިމެނޭކަމަށެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއަކީ ޖުމްލަ 9.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ގއ.ވިލިނގިއްޔަކީ ހުވަދުއަތޮޅުގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރާ އެއްރަށެވެ. އާބާދީގައި 3700 މީހުން ދިރިއުޅޭ މި ރަށުގައި ގިނަ ޢަދަދެއްގެ އޮޑި ދޯނިފަހަރު ގެންގުޅޭއިރު، އަތޮޅުގެ ވެރިރަށަށް ވުމުން، މިރަށު ބަނދަރުގެ ބޭނުން މުޅި އަތޮޅުގެ ރައްޔިތުން ހިފައެވެ.