English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި އަންހެނަކު އިތުރު ފަރުވާއަށް ހިތަދޫ ކޮވިޑް ފެސިލިޓީއަށް ގެންގޮސްފިއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނީ މީދޫން ކޮވިޑަށް ޕޮޒިޓިވްވި މީހަކު ނޭވާލާން އުނދަގޫވުމުގެ ސަބަބުން އިތުރު ފަރުވާއަށް ރޭ ދަންވަރު ހިތަދޫ ކޮވިޑް ފެސިލިޓީއަށް ގެނެސްފައިވާ ކަމަށާއި އެމީހާގެ ހާލު މިވަގުތު ރަގަޅުކަމަށެވެ.

އައްޑޫ ކޮވިޑް ފެސިލިޓީގައި މިވަގުތު އެޑްމިޓުކޮށްގެން ދެމީހަކަށް ފަރުވާދެމުން އަންނައިރު އެ ދެމީހުންގެ ހާލުވެސް ރަނގަޅެވެ.

އައްޑޫ ސިޓީ މީދޫ އިން މިހާތަނަށް 8 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އައްޑޫ އިން ޖުމްލަ 76 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި މީގެ ތެރެއިން 44 މީހަކު ވަނީ ބަލިން ރަގަޅުވެފައެވެ. ފެބްރުއަރީ މަހުގެ 06 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އައްޑޫއިން ވަނީ 2754 މީހެއްގެ ސާމްޕަލް ނަގާފައެވެ.