English Edition
Dhivehi Edition

ކޮވިޑް-19 އާއި ގުޅިގެން ހުޅުދޫމީދޫ ފިޔަވައި އައްޑޫގެ އެހެން އަވަށްތަކުގައި އިއުލާންކޮށްފައި އޮތް ކާފިއު އުވާލުމަށް ނިންމައިފިއެވެ.

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ކުރިއަށް ގެންދާ ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އައްޑޫސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ވިދާޅުވީ ހުޅުދޫ އަދި މީދޫ ފިޔަވައި އައްޑޫގެ އެހެން އަވަށްތަކުގައި އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް ނިންމާފައިވަނީ ރެންޑަމްކޮށް ނެގި ސާމްޕަލްތަކުގެ ނަތީޖާތަކަށް ބެލުމަށްފަހު ކަމަށެވެ.

އައްޑޫގައި އިއުލާނު ކޮށްފައިވާ ކާފިއު އުވާލިކަން މިރޭ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއުލާނު ކުރާނެކަމަށެވެ. އެގޮތުން އެޗްޕީއޭއިން އިއުލާނު ކޮށްފައިވާ ކާފިއު މުއްދަތު ހަމަވާނީ މިރޭ 00:00 އަށް ކަމަށް މޭޔަރު ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރު ވިދާޅުވީ ފިޔަވަޅުތައް އުވާލި ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރާ ކަމަށާއި ގެއިން ބޭރަށް ނިކުންނައިރު މާސްކު އެޅުން ފަދަ ކަންކަން ކުރުން މުހިއްމު ކަމަށެވެ.

އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ކާފިއު އުވާލާފައިވާ އިރު މިވަގުތު އައްޑޫގައި ކޮވިޑް އެކްޓިވް ކޭސްގެ އަދަދަކީ 32 އެވެ. އަދި 44 މީހަކު އައްޑޫން މި ބަލިން ފަސޭހަވެފައިވާ އިރު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ އެންމެ މީހަކަށެވެ.