English Edition
Dhivehi Edition

މިފްކޯ އިން ރޯދައަށް ހާއްސަކޮށް “ފަސްމީރު މާ މީރު” ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ 22 ގެ ނިޔަލަށް ކުރިއަށް ދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ 200 ރުފިޔާއަށް ވުރެ މަތިން ވިޔަފާރި ކުރާ ފަރާތްތަކަށްކަމަށް މިފްކޯ އިންވަނީ ބުނެފައެވެ. މި ޕްރޮމޯޝަނުގައި 200 ރުފިޔާއަށް ވުރެން މަތިން ވިޔަފާރި ކުރާ ކޮންމެ ފަރާތަަކަށް ކޫޕަނެއް ލިބިގެންދާއިރު ކޫޕަންގައިވާ ކިޔުއާރް ކޯޑް ސްކޭންކުރުމުން ވެބްސައިޓަށް ވަދެވޭނެ ކަމަށާއި ޕްރޮމޯޝަންގައި ބައިވެރިވުމަށް ކޫޕަން ކޯޑް ޖަހަން ޖެހޭނެކަމަށް މިފްކޯ އިންވަނީ ބުނެފައެވެ.

މިފްކޯގެ ހުރިހާ ފިހާރަތަކުގައި ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ ކޮންމެ ވެސް ދެ މީހަކަށް 5000 ރުފިޔާގެ ބީއެމްއެލް ގިފްޓު ކާޑެއް ލިބޭނެ އެވެ. އަދި ޕްރޮމޯޝަން ނިމުމަށްފަހު ޕްރޮމޯޝަންގައި ބައިވެރިވި ހުރިހާ މީހުންގެ މެދުގައި ބާއްވާ ގުރުއަތުން ހޮވޭ ނަސީބުވެރި އެއް ފަރާތަށް 70،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް މިފްކޯއިން ވަނީ ނިންމާފައެވެ.

މިފްކޯ އިން މިހާރު މަސްދަޅު ކޭހުގެ އަގު ހެޔޮކޮށްފައިވާއިރު 48 ދަޅުގެ ތެޔޮ މަސްދަޅު ކޭހެއް 575 ރ. އަށް ލިބޭއިރު 48 ދަޅުގެ ފެން މަސްދަޅު ކޭހެއް މިހާރު 530 ރ. ލިބޭނެއެވެ.