English Edition
Dhivehi Edition
ފޮޓޯ: ތިނަދޫގައި މިރޭ ހިގި އަލިފާނުގެ ހާދިސާގައި އަލިފާން ރޯވި ކާރު

ގދ.ތިނަދޫގައި ދުއްވަމުންދިޔަ ކާރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މިރޭ 20:30 އެހާކަންހާއިރު ތިނަދޫ އުތުރު ފަރާތު ފަސްގަނޑުގައި ދުއްވަމުން ދިޔަ ކާރެއްގައި ކަރަންޓް ސޯޓެއް ވުމުގެ ސަބަބުން އަލިފާނުގެ ހާދިސާއެއް ހިގައިފިއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވެއެވެ.

އޭއޯ ނިއުސް އަށް މައުލޫމާތު ދެމުން ފުލުހުން ވިދާޅުވީ ދުއްވަމުން ދިޔަ ކާރު ހުއްޓި ޑްރައިވަރ ޝީޓް އިންނަ ދިމާލުން ދުން އަރާތީ ކާރުގެ ބެޓަރި ނައްޓާލުމަށްފަހު، ކާރު ގަރާޖަށް ގެންދަންވެގެން ޕިކަޕެއް ހޯދަން ރަށުތެރެޔަށް ގޮސްފައި މީހުން އެބުރި އައިއިރު ކާރުގައި ރޯވެފައިވާކަމަށެވެ،

ކާރުގައި ރޯވި އަލިފާންގަނޑު ނިއްވާލީ އެމް.އެން.ޑީއެފްގެ އެހީތެރިކަމާއެކުގައެވެ. މައުލޫމާތު ލިބޭގޮތުގައި ކާރުގެ ދޮރުގެ ބިއްލޫރިގަނޑު ތިރިކުރަން ޖެއްސި ސްވިޗުން ކަރަންޓް ސޯޓެއްވުމުގެ ސަބަބުން ކާރުގެ އެތެރޭގައި އަލިފާން ރޯވީއެވެ.

މިހާދިސާއާ ގުޅޭގޮތުން ފުުލުހުން ދަނީ އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބަލަމުންނެވެ.