English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ފާއިތުވި ސައުވީސް ގަޑިއިރު ތެރޭގައި އައްޑޫ އިން އެއްވެސް މީހަކު ޕޮޒިޓިވް ވެފައި ނުވާކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

އެ ސެންޓަރުން ބުނީ އިއްޔެ ހަވީރު 18:00 އިން ފެށިގެން މިއަދު ހަވީރު 18:00 ހަމައަށް އައްޑޫ އިން އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިވްވެފައި ނުވާކަމަށެވެ. މިއަދު އިތުރު ތިން މީހަކު ބަލިން ރަނގަޅުވެފައިވާއިރު، ބަލިން ރަނގަޅުވެފައިވަނީ ހިތަދޫގެ ދެ މީހަކާއި ފޭދޫ މީހެކެވެ.

އައްޑޫ އިން ޕޮޒިޓިވްވި މީހުންގެ އަދަދު ޖުމްލަ 69 އަކަށް އަރާފައިވާއިރު ޖުމްލަ 29 މީހަކު ވަނީ ބަލިން ފަސޭހަވެފައެވެ. 06 ޕެބްރުއަރީ އިން ފެށިގެން މިއަދާއި ހަމައަށް 2665 މީހުންގެ ސާމްޕަލް ވަނީ ނަގާފައެވެ.