English Edition
Dhivehi Edition
އަދުރޭ ކުރީގެ ރައީސް ޔާމީން އާ އެކު: ފޮޓޯ ސަން

އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހައްޔަރުކޮށްފި އެވެ.

އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އަދުރޭ ހައްޔަރުކުރީ ގެ އަށް ވަޑައިގަންނަވަން ޕާޓީގެ އޮފީހުގެ ދޮރުމައްޗަށް ނުކުމެވަޑައިގެންނެވި ތަނުން ކަމަށާއި ހައްޔަރުކުރި ސަބަބެއް އަދި ނޭނގޭ ކަމަށެވެ.

އިދިކޮޅު މުޒާހަރާތައް ރާވާ ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަމުން އަންނަ އަދުރޭ މިއަދު ހައްޔަރުކޮށްފައިވާއިރު ނޮވެމްބަރު، 28، 2019 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރި މަނީ ލޯންޑްރިންގެ ދައުވާގެ ހުކުމް އިއްވުމުގެ މަޖިލިސް ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ވަގުތު އެ ސަރަހައްދުގައި ކުރި މުޒާހަރާގައި ހަޑިހުތުރު ބަސް ބޭނުން ކުރެއްވި ކަމަށް ބުނެ، ވަނީ ދައުވާކޮށްފައެވެ.

މީގެ އިތުރުން މިދިޔަ ޖެނުއަރީ 27 ގައި އިދިކޮޅުން މާލޭގައި ބޭއްވި މުޒާހަރާއަކާ ގުޅިގެން ވެސް ފުލުހުން ވަނީ އަދުރޭގެ މައްޗަށް ތިން ތުހުމަތެއް ކޮށްފަ އެވެ.