English Edition
Dhivehi Edition

ގއ. އަތޮޅުގައި އޮތް ވިލިނގިލި-ކޫއްޑޫ ބުރިޖުގެ ވަޢުދު ސަރުކާރުން ފުއްދަވާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިލނިގިލި ދާއިރާގެ މެމްބަރު ސަޢުދު ޙުސައިން ވިދާޅުވެއްޖެއެވެ.

ދިޔަރެސްގައި ޝާއިއު ކޮށްފައިވާ ލިޔުމެއް ޝެއަރ ކުރައްވަމުން ސަޢުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވިލިނގިލި- ކޫއްޑޫ ބުރިޖް މަޝްރޫޢު ގެ ވަޢުދު ސަރުކާރުން ފުއްދަވާނެ ކަމުގެ ޔަގީން ކަމާއި އިތުބާރު އެބަ އޮތް ކަމަށާއި އަދި ކޮވިޑް19 މި ދަތި ހާލަތުގައިވެސް ވިލިނގިލި ދާއިރާގެ ތަރައްގީއަށް ބޭނުންވާ މުހިންމު ވަޢުދު ތަކުގެ މަސައްކަތް ދަނީ ބާރު ސްޕީޑްގައި ކުރިއަށް ކަމަށެވެ.

ވިލިނގިލި-ކޫއްޑޫ ބުރިޖްގެ ވާހަކަ ދެކެވުނީ ރަށްވެހި ފަތިސް ކެންޑިޑޭޓުންނާއި ކޭމްޕެއިން ޓީމް ތަކާއެކު ބާއްވާ ސިލްސިލާކޮށް ކުރިއަށް ގެންދާ ބައްދަލުވުން ތަކުގެ ތެރެއިން ގއ. ކެންޑިޓޭޓުންނާއި އެކު ރޭ ބޭއްވި ބައްދަލްވުމެއްގައެވެ. ކޫއްޑޫ ބުރިޖް ވަޢުދުގެ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ބްރިޖް އަޅާ ސަރަހައްދަކީ މިޔަރު އާލާވާ ސަރަހައްދެއް ކަމުގައި ވާހަކަ ދެކެވިފައިވާ ކަމަށެވެ. އެހެންނަމަވެސް ދިރާސާ ތަކެއް ކުރަމުންދާ ކަމަށާއި 900ފޫޓުގެ ދިގުމިން ހުންނާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ރައިސް ވިދާޅުވި އެވެ.

ވިލިނގިލި-ކޫއްޑޫ ބުރިޖް އަކުން ގުޅުވާލުމުގެ ވަޢުދަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވަޢުދުފުޅަކެވެ.